ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2023/18
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 28 ފެބުރުވަރީ 2023 00:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީހުން ދިރިނޫޅޭ ގެއާއި ގެވަޅު އަދި މަގުފަޅިތައް ސާފުކުރުމާއި ގުޅޭ:

             ދިރިއުޅުމަށް ދޫކޮށްފައިވާ ގެވަޅުތަކުގެ ތެރެއިން މިހާތަނަށް ކަން ވަކި ކޮށްފައި ނުވާ ފަރާތްތަކުން މި ހިނގާ 2023 ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އިން ވަކިކޮށް ކަންމުޑިއެޅުމަށް މި އިދާރާއަށް ހުށައެޅުމަށް ދަންނަވަމެވެ. އަދި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ރަށުގައި ހުރި ފަޅު ގޯތިތަކާއި މީހުން ދިރިއުޅުމަށް ފެށިފައި ނުވާ ގެވަޅުތަކާއި އިންވެގެން ހުރި މަގުފަޅިތައް ސާފުކޮށް ބެލެހެއްޓުމަށް ގޭގޭގެ ވެރިންނަށް އަންގަމެވެ.

             އަދި ގޭގޭގެ ވެރިން ރަށުގައި ދިރި ނޫޅޭނަމަ ޒިންމާވާނެ ފަރާތެއްގެ ގޮތުގައި ވެރިފަރާތުން ކަނޑައަޅާ ފަރާތެއްގެ މައުލޫމާތު މި މުއްދަތުގެ ތެރޭގައި މި ކައުންސިލާއި ހިއްސާކުރުމަށް ދަންނަވަމެވެ. އެ މައުލޫމާތު ހިއްސާކުރުމަށްޓަކައި ތިރީގައި މިވާ ގޫގުލް ފޯރމް ފުރިހަމަކޮށް ދިނުމަށް ނުވަތަ މި އިދާރާގެ ނަންބަރު 6500016 އާއި ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ.

ލިންކް: https://forms.gle/EmsUntCru7UdQyQy7

   މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                 22 ރަޖަބް 1444

                     13 ފެބްރުވަރީ   2023

  

13 ފެބުރުވަރީ 2023