ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ވިޔަފާރި ރެޖިސްޓަރ ކުރުމާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ސެޝަން

ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާއާއި ބިޒްނަސް ސެންޓަރ ގުޅިގެން، ވިޔަފާރި ރެޖިސްޓަރ ކުރުމާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ސެޝަނެއް 15 ފެބްރުއަރީ 2023 ވާ ބުދަ ދުވަހުގެ 20:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޢުލޫމާތު ސެޝަންގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ވިޔަފާރި ރަޖިސްޓްރީކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދާނެ ގޮތާއި، އީ-ފާސް އަށް ރެޖިސްޓަރވުމާއި ބިޒްނަސް ޕޯޓަލް ބޭނުންކުރާނެގޮތުގެ މައުލޫމާތު ދެވޭނެއެވެ.

މިސެޝަންގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ލިންކްގައިވާ ފޯމު މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް ދަންނަވަމެވެ.

ލިންކް: https://forms.office.com/r/2bG0HuTf9P

14 ފެބްރުއަރީ 2023 ވަނަ ދުވަހުން ފެށިގެން ވިޔަފާރި ރަޖިސްޓަރީކުރުމާގުޅޭ ޚިދުމަތްތަކަށް އެދެވޭނީ ހަމައެކަނި ބިޒްނަސް ޕޯޓަލް https://business.egov.mv  މެދުވެރިކޮށް ކަމުގައި އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

13 ފެބުރުވަރީ 2023
ހޯދާ