ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާއާއި ބިޒްނަސް ސެންޓަރ ގުޅިގެން، ވިޔަފާރި ރެޖިސްޓަރ ކުރުމާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ސެޝަނެއް 15 ފެބްރުއަރީ 2023 ވާ ބުދަ ދުވަހުގެ 20:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޢުލޫމާތު ސެޝަންގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ވިޔަފާރި ރަޖިސްޓްރީކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދާނެ ގޮތާއި، އީ-ފާސް އަށް ރެޖިސްޓަރވުމާއި ބިޒްނަސް ޕޯޓަލް ބޭނުންކުރާނެގޮތުގެ މައުލޫމާތު ދެވޭނެއެވެ.
މިސެޝަންގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ލިންކްގައިވާ ފޯމު މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް ދަންނަވަމެވެ.
ލިންކް: https://forms.office.com/r/2bG0HuTf9P
14 ފެބްރުއަރީ 2023 ވަނަ ދުވަހުން ފެށިގެން ވިޔަފާރި ރަޖިސްޓަރީކުރުމާގުޅޭ ޚިދުމަތްތަކަށް އެދެވޭނީ ހަމައެކަނި ބިޒްނަސް ޕޯޓަލް https://business.egov.mv މެދުވެރިކޮށް ކަމުގައި އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.