ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އިޢުލާން

 

އިޢުލާން

ނަންބަރު:R1C/2023/03

  ތާރީޚް: 08-02-2023     

މިކޯޓުގެ ނަންބަރު R1C-2023/02 (04/01/2023) ނަންބަރު އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އަގުކޮމިޓީއަށް މެންބަރުން އިތުރުކުރުމަށް އަލުން އިޢުލާންކުރަމެވެ.

މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގު ކުރުމަށްޓަކައި "ޝަރުޢީ އަގުކުރުމާއި ބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ނ) " ގެ ދަށުން މިކޯޓްގައި މިހާރުއޮތް އަގުކޮމެޓީ އަށް މެމްބަރުން އިތުރުކުރުމަށް ބޭނުންވާތީ،  އަގު ކޮމިޓީގެ ދަފްތަރުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

 

މަސައްކަތް

މިކޯޓުގައި ހިނގާ މައްސަލަތަކުގެ ތެރެއިން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއާއި ގުޅުންހުރި މައްސަލަތަކާއި ގުޅިގެން އެވަގުތަކު އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުން.

 

ޝަރުޠު

ރާއްޖޭގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކޮންމެވެސް އެއްދާއިރާއެއްގެ ހުނަރާއި މައުލޫމާތު ހުރި ފަރާތެއްކަމުގައިވުން. (އެގޮތުން މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިން، އާކިޓެކްޗަރ)

ވީމާ، އަގު ކޮމިޓީގެ ދަފްތަރުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، އެފަރާތަކަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ހާމަކޮށްދޭ ލިޔުން ނުވަތަ ސެޓްފިކެޓްތަކާއި އައި.ޑީ.ކާޑުގެ ކޮޕީ އާއިއެކު ވަނަވަރު 22 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

09 ފެބުރުވަރީ 2023
ހޯދާ