ދިވެހިރާއްޖެ
އިޢުލާން |
ނަންބަރު:R1C/2023/03 ތާރީޚް: 08-02-2023 |
|
މިކޯޓުގެ ނަންބަރު R1C-2023/02 (04/01/2023) ނަންބަރު އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އަގުކޮމިޓީއަށް މެންބަރުން އިތުރުކުރުމަށް އަލުން އިޢުލާންކުރަމެވެ. މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގު ކުރުމަށްޓަކައި "ޝަރުޢީ އަގުކުރުމާއި ބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ނ) " ގެ ދަށުން މިކޯޓްގައި މިހާރުއޮތް އަގުކޮމެޓީ އަށް މެމްބަރުން އިތުރުކުރުމަށް ބޭނުންވާތީ، އަގު ކޮމިޓީގެ ދަފްތަރުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތަކަށް އެފުރުޞަތު ހުޅުވާލަމެވެ. |
||
މަސައްކަތް |
މިކޯޓުގައި ހިނގާ މައްސަލަތަކުގެ ތެރެއިން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއާއި ގުޅުންހުރި މައްސަލަތަކާއި ގުޅިގެން އެވަގުތަކު އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުން. |
|
ޝަރުޠު |
ރާއްޖޭގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކޮންމެވެސް އެއްދާއިރާއެއްގެ ހުނަރާއި މައުލޫމާތު ހުރި ފަރާތެއްކަމުގައިވުން. (އެގޮތުން މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިން، އާކިޓެކްޗަރ) |
|
ވީމާ، އަގު ކޮމިޓީގެ ދަފްތަރުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، އެފަރާތަކަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ހާމަކޮށްދޭ ލިޔުން ނުވަތަ ސެޓްފިކެޓްތަކާއި އައި.ޑީ.ކާޑުގެ ކޮޕީ އާއިއެކު ވަނަވަރު 22 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. |