މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގުޅީ އައުޓްޑޯރ ޖިމް އިންސްޓޯލްކޮށްދޭން ފަރާތެއް ހޯދުމަށް.

        ކ.ގުޅީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށުގައި ޖިމް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ތަން

ތާރީޙް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ކ.ގުޅީ ކައުންސިލް އިދާރާ

12 ފެބްރުއަރީ 2023

އާދިއްތަ

13:30

އަންދާސީ ހިސާބު ހުށަހެޅުން

ކ.ގުޅީ ކައުންސިލް އިދާރާ

15 ފެބްރުއަރީ 2023

ބުދަ

13:30

 

        މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 07 ފެބްރުއަރީ 2023 ން 11 ފެބްރުއަރީ 2023 ގެ ނިޔަލަށް އެޓޭޗް ކުރެވިފައިވާ ގޫގުލް ފޯމް ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

        އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުވާނެ ވާހަކަވެސް ދަންވަމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރައްވައި، ނުވަތަ 6640068 އަށް ގުޅުވުމަށް ދަންނަވަމެވެ.

        ރެޖިސްޓްރޭޝަން ފޯމް ލިންކް:  https://forms.gle/h5xrzy5zSbYPSNWr5

07 ފެބުރުވަރީ 2023
ހޯދާ