ދިވެހިރާއްޖެ
ކ.ގުޅީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށުގައި ޖިމް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
| 
 | ތަން | ތާރީޙް | ދުވަސް | ގަޑި | 
| މަޢުލޫމާތު ސާފުކުރުން | ކ.ގުޅީ ކައުންސިލް އިދާރާ | 12 ފެބްރުއަރީ 2023 | އާދިއްތަ | 13:30 | 
| އަންދާސީ ހިސާބު ހުށަހެޅުން | ކ.ގުޅީ ކައުންސިލް އިދާރާ | 15 ފެބްރުއަރީ 2023 | ބުދަ | 13:30 | 
މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 07 ފެބްރުއަރީ 2023 ން 11 ފެބްރުއަރީ 2023 ގެ ނިޔަލަށް އެޓޭޗް ކުރެވިފައިވާ ގޫގުލް ފޯމް ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުވާނެ ވާހަކަވެސް ދަންވަމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރައްވައި، ނުވަތަ 6640068 އަށް ގުޅުވުމަށް ދަންނަވަމެވެ.
ރެޖިސްޓްރޭޝަން ފޯމް ލިންކް: https://forms.gle/h5xrzy5zSbYPSNWr5