ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. މާރަންދޫ މަސްޖިދުލް ތަޤްވާގައި ނެވިލޯން/ވިނީލް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

        މިއިދާރާއިން ދޭ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، ހއ. މާރަންދޫ މަސްޖިދުލް ތަޤްވާގައި ނެވިލޯން/ވިނީލް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 7 ފެބުރުއަރީ 2023 ން 14 ފެބްރުއަރީ 2023 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 

        މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 13 ފެބްރުއަރީ 2023 ގެކުރިން މި އިޢުލާނުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

        ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 21 ފެބުރުއަރީ 2023 ވަނަ ދުވަހުގެ 10:30 ގައި ހއ މާރަންދޫ ކައުންސިލް އިދާރާގައެވެ. މިޕްރޮޖެކްޓާގުޅޭ މަޢުލޫމާތު ކަރުދާސް ބިޑް ރަޖިސްޓްރީކުރުމުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

  • މާރަންދޫ ކައުންސިލް އިދާރާ / ހއ މާރަންދޫ
  • ފޯން:  6500029
  • އީމެއިލް    [email protected] 

  

. ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ

16 ރަޖަބު 1444

07 ފެބްރުވަރީ 2023

07 ފެބުރުވަރީ 2023
ހޯދާ