ދިވެހިރާއްޖެ
މިއިދާރާއިން ދޭ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، ހއ. މާރަންދޫ މަސްޖިދުލް ތަޤްވާގައި ނެވިލޯން/ވިނީލް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 7 ފެބުރުއަރީ 2023 ން 14 ފެބްރުއަރީ 2023 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ބިޑްރަޖިސްޓްރީލިންކު: https://docs.google.com/forms/d/e/1FAIpQLSeIBli_whAERX1mteN0o262UEmdT_FJAdI7IJOf_0zbvMEGxg/viewform?usp=sf_link
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 13 ފެބްރުއަރީ 2023 ގެކުރިން މި އިޢުލާނުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 21 ފެބުރުއަރީ 2023 ވަނަ ދުވަހުގެ 10:30 ގައި ހއ މާރަންދޫ ކައުންސިލް އިދާރާގައެވެ. މިޕްރޮޖެކްޓާގުޅޭ މަޢުލޫމާތު ކަރުދާސް ބިޑް ރަޖިސްޓްރީކުރުމުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
- މާރަންދޫ ކައުންސިލް އިދާރާ / ހއ މާރަންދޫ
- ފޯން: 6500029
- އީމެއިލް [email protected]
. ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ
16 ރަޖަބު 1444
07 ފެބްރުވަރީ 2023