ވަޒީފާގެ ފުރުޞަތު
|
މިކުންފުނިން އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ސޮފްޓްވެއަރ އިންޖިނިއަރިންގ ޑިޕާޓްމަންޓް ކޮންޓްރެކްޓް އުޞޫލުން 02 އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތް ކުރާނެ ކޮންސަލްޓެންޓުން ބޭނުންވެއެވެ.
|
މަޤާމް:
|
ޕްރޮޖެކްޓް މެނޭޖަރ (ބިޒްނަސް އެނަލިސްޓް)
|
ބޭނުންވާ ޢަދަދު:
|
01
|
އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:
|
މަސައްކަތުގެ ދާއިރާގެ ތައުލީމާއި ތަޖުރިބާއަށް ރިއާޔަތްކޮށް ދެފަރާތުން އެއްބަސްވާ މުސާރައެއް
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާ އެކު މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ (ބެޗްލަރސް ޑިގްރީ ޙާޞިލްކުރި ފަހުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ހިމެނޭހެން) ލިބިފައިވުން.
ނުވަތަ؛
- މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާ އެކު މަދުވެގެން 7 އަހަރުދުވަހުގެ ތަޖުރިބާ (ޑިގްރީ ޙާޞިލްކުރި ފަހުން މަދުވެގެން 2 އަހަރު ހިމެނޭހެން) ލިބިފައިވުން.
- ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ ސިފަތައް ހުރި ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެ:
- ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ ދާއިރާގެ ތަމްރީނާއި ތަޖުރިބާ
- ޝެޑިއުލް އާ އެއްގޮތަށް ޕްރެޖެކްޓްތައް / މަސައްކަތްތައް ދޭތޯބަލައި މެނޭޖްކުރުމުގެ ގާބިލްކަން
- ދާއިރާއާ ގުޅޭ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށް އަމަލީ ބައިވެރިވުން ދެވިފައިވާ މިންވަރު
- ޕްރޮޖެކްޓް މެނޭޖްމަންޓާ ގުޅުން ހުރި ތައުލީމް/ތަމްރީނާއި ތަޖުރިބާ
- ޔުޓިލިޓީ ދާއިރާގައި ލިބިފައިވާ ތަޖުރިބާ
- އަމިއްލައަށް އިސްނަގައިގެން ކަންތައްތައް ހައްލުކުރުމުގެ ހުނަރު
- ސިސްޓަމްސް އެނޭލިސިސް ދާއިރާގެ ތަޖުރިބާ / ތައުލީމް
- ޑޮކާ އާއި ގިޓް ފަދަ ޕްލެޓްފޯރމް / ސިސްޓަމްތަކުގެ ތަޖުރިބާ
- ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޓީމެއް މެނޭޖް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރި މިންވަރު
- ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން އާއި ޑޭޓާ މޮޑެލް ކުރުމުގެ ތަޖްރިބާ
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ޕްރޮޖެކްޓް ސްކޯޕް، ސިސްޓަމް ގޯލްސް، އަދި ރިކުއަރމަންޓްތައް ޤާއިމުކުރުމަށް އިންޓަރނަލް އަދި އެކްސްޓަރނަލް ސްޓޭކް ހޯލްޑަރުންނާ ބައްދަލުކޮށް ވިލަރެސްކުރުން.
- ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ޝެޑިއުލްކޮށް، މެނޭޖްކޮށް، ބެލެހެއްޓުމާއި، ޕްރޮޖެކްޓްތައް ކުރިއަށްދާ މިންވަރު ރިޕޯޓް ކުރުން.
- ޑިވެލޮޕަރުންނާއި ޓެސްޓަރުންނަށް ބޭނުންވާ ސްޕެސިފިކޭޝަން، ޑޭޓާ މެޕިންގ، ޑައަގްރަމް، އަދި ފްލޯޗާރޓް ތައް ތައްޔާރުކޮށް، އެނަލައިޒްކޮށް، އޯގަނައިޒްކުރުން.
- ކޮލިޓީ އެޝުއަރެންސް ޕްލޭންއާ އެއްގޮތަށް ޓެސްޓް ކޭސްތައް ތައްޔާރުކޮށް ޓެސްޓިންގ ޕްރޮސީޖަރތައް ތަންފީޒުކުރުމުގައި ޢަމަލުކުރާނެ ގޮތް ކަނޑައެޅުމާއި، ވިލަރެސްކުރުން.
|
މަޤާމް:
|
ފުލް-ސްޓެކް ޑިވެލޮޕަރ
|
ބޭނުންވާ ޢަދަދު:
|
01
|
އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:
|
މަސައްކަތުގެ ދާއިރާގެ ތައުލީމާއި ތަޖުރިބާއަށް ރިއާޔަތްކޮށް ދެފަރާތުން އެއްބަސްވާ މުސާރައެއް
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާ އެކު މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ؛
- މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާ އެކު މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ؛
- މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާ އެކު މަދުވެގެން 10 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ ޕްރޮގްރާމިންގ ލެންގުއޭޖް، ފްރޭމްވޯރކް، އަދި ދާއިރާތަކަށް އަހުލުވެރި ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެއެވެ:
- VueJS, React, Rust, TypeScript, JavaScript, Angular, Swift, ASP.Net, C#
- UI / UX Design, HTML, CSS, Mobile app development (iOS, Android)
- Databases, SQL
- އަދި ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ ކަންކަމަށް އިސްކަން ދެވޭނެއެވެ:
- ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ ދާއިރާގެ ތަމްރީނާއި ތަޖުރިބާ
- ދާއިރާއާ ގުޅޭ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށް އަމަލީ ބައިވެރިވުން ދެވިފައިވާ މިންވަރު
- ފަރިތަކަމާ އެކު މުއާމަލާތު ކުރުމުގެ ހުނަރު
- ޓީމެއްގައި ގުޅިގެން ރަނގަޅަށް މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން
- ޔުޓިލިޓީ ދާއިރާ އާ ގުޅުން ހުރި ތަޖުރިބާ
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ވެބް، މޯބައިލް، އަދި ޑެސްކްޓޮޕް އެޕްލިކޭޝަންތައް ޑިވެލޮޕްކުރުން
- އެޕްލިކޭޝަންތަކުގެ ޔޫޒަރ އިންޓަރެކްޝަންތައް/އިންޓަރފޭސްތައް ފަރުމާކުރުން
- އެޕްލިކޭޝަންތަކުގެ ބެކް އެންޑް ޑިވެލޮޕްކުރުން
- ވެބް އޭޕީއައި އެޕްލިކޭޝަން ޑިވެލޮޕްކުރުން
- އެޕްލިކޭޝަންތަކަށް ބޭނުންވާ ޑޭޓާބޭސް ފަރުމާކޮށް ޑިވެލޮޕްކުރުން
- ވެބް އެޕްލިކޭޝަންތަކަށް ބޭނުންވާ ސާވާ ސިސްޓަމްތައް ސެޓަޕްކޮށް ބެލެހެއްޓުން.
- އެޕްލިކޭޝަންތަކުގެ އޮތެންޓިކޭޝަން އަދި އެކްސެސް ކޮންޓްރޯލްއަށް ބޭނުންވާ ސިސްޓަމްތައް ފަރުމާކޮށް ޑިވެލޮޕްކުރުން ނުވަތަ ތާޑް ޕާޓީ ސިސްޓަމްތަކާ އިންޓަގްރޭޓްކުރުން.
|
މަޤާމް:
|
ނެޓްވޯރކް އިންޖިނިއަރ
|
ބޭނުންވާ ޢަދަދު:
|
01
|
އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:
|
މަސައްކަތުގެ ދާއިރާގެ ތައުލީމާއި ތަޖުރިބާއަށް ރިއާޔަތްކޮށް ދެފަރާތުން އެއްބަސްވާ މުސާރައެއް
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއެކު މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ (ބެޗްލަރސް ޑިގްރީ ޙާޞިލްކުރި ފަހުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ހިމެނޭހެން) ލިބިފައިވުން.
ނުވަތަ؛
- މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއެކު މަދުވެގެން 7 އަހަރުދުވަހުގެ ތަޖުރިބާ (ޑިގްރީ ޙާޞިލްކުރި ފަހުން މަދުވެގެން 2 އަހަރު ހިމެނޭހެން) ލިބިފައިވުން.
- ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ ދާއިރާތަކުން ޕްރޮފެޝަނަލް ސެޓިފިކޭޝަން ނުވަތަ ތަޖްރިބާ ޙާޞިލްކޮށްފައިވާ ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެ:
- ސީ.ސީ.އެން.ޕީ / ސީ.ސީ.އައި.އީ. (CCNP / CCIE)
- އެންޓަރޕްރައިސް ނެޓްވަރކް އިންފްރާސްޓްރަކްޗަރ ފަރުމާކޮށް ގާއިމުކުރުމުގެ ތަޖުރިބާ
- ނެޓްވަރކް ވަރޗުއަލައިޒޭޝަން އަދި ވީ.އެމް.ވެއަރގެ ތަޖުރިބާ
- ނެޓްވަރކަށް ޖެހޭ މައްސަލަތައް ބަލާ ހައްލުކުރުމުގެ ތަޖުރިބާ
- އެސް.ޑީ.ވޭން ގާއިމުކުރުގެ ތަޖުރިބާ
- ނެޓްވޯކް ސެކިއުރިޓީ، ރައުޓިންގ އާއި ސްވިޗިންގ ދާއިރާގެ ތަޖްރިބާ
- ޔުޓިލިޓީ ދާއިރާ އާ ގުޅުން ހުރި ތަޖުރިބާ
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ކުންފުނީގެ ކޮމްޕިއުޓަރ ނެޓްވޯކްތައް ފަރުމާކުރުން
- ކުންފުނީގެ ކޮމްޕިއުޓަރ ނެޓްވޯކް ޑިވައިސްތަކުގެ ކޮންފިގަރޭޝަންތައް ކަނޑައެޅުން
- ކުންފުނީގެ ކޮމްޕިއުޓަރ ނެޓްވޯކްތަކުގެ ސެކިއުރިޓީ ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި ގަވައިދުން ބެލެހެއްޓުން
- ކުންފުނީގެ ކޮމްޕިއުޓަރ ނެޓްވޯކްތަކުގެ ފަރުމާއާއި ކޮންފިގަރޭޝަންތަކަށް ގެނެވޭ ބަދަލުތައް އެޕްރޫވްކޮށް، ޑޮކިއުމަންޓްކޮށް ބެލެހެއްޓުން
- ކުންފުނީގެ ކޮމްޕިއުޓަރ ނެޓްވޯކްތައް މޮނީޓަރކޮށް ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖެއްސުން
- ކުންފުނީގެ ކޮމްޕިއުޓަރ ނެޓްވޯކްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުމަށް އިރުޝާދު ދީ އެހީތެރިވުން
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
07 ފެބުރުވަރީ 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް 07 ފެބުރުވަރީ 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
11 ރަޖަބު 1444
02 ފެބުރުވަރީ 2023
|