ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2023/41
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 16:16
ސުންގަޑި: 07 ފެބުރުވަރީ 2023 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޕްރޮޖެކްޓް މެނޭޖަރ (ބިޒްނަސް އެނަލިސްޓް), ފުލް-ސްޓެކް ޑިވެލޮޕަރ, ނެޓްވޯރކް އިންޖިނިއަރ

ވަޒީފާގެ ފުރުޞަތު

މިކުންފުނިން އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ސޮފްޓްވެއަރ އިންޖިނިއަރިންގ ޑިޕާޓްމަންޓް ކޮންޓްރެކްޓް އުޞޫލުން 02 އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތް ކުރާނެ ކޮންސަލްޓެންޓުން ބޭނުންވެއެވެ.

މަޤާމް: 

ޕްރޮޖެކްޓް މެނޭޖަރ (ބިޒްނަސް އެނަލިސްޓް)

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:

މަސައްކަތުގެ ދާއިރާގެ ތައުލީމާއި ތަޖުރިބާއަށް ރިއާޔަތްކޮށް ދެފަރާތުން އެއްބަސްވާ މުސާރައެއް

ފެންވަރު ނުވަތަ ޝަރުޠު: 

  • މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާ އެކު މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ (ބެޗްލަރސް ޑިގްރީ ޙާޞިލްކުރި ފަހުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ހިމެނޭހެން) ލިބިފައިވުން. 

ނުވަތަ؛ 

  • މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާ އެކު މަދުވެގެން 7 އަހަރުދުވަހުގެ ތަޖުރިބާ (ޑިގްރީ ޙާޞިލްކުރި ފަހުން މަދުވެގެން 2 އަހަރު ހިމެނޭހެން) ލިބިފައިވުން. 
  • ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ ސިފަތައް ހުރި ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެ: 
    • ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ ދާއިރާގެ ތަމްރީނާއި ތަޖުރިބާ 
    • ޝެޑިއުލް އާ އެއްގޮތަށް ޕްރެޖެކްޓްތައް / މަސައްކަތްތައް ދޭތޯބަލައި މެނޭޖްކުރުމުގެ ގާބިލްކަން 
    • ދާއިރާއާ ގުޅޭ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށް އަމަލީ ބައިވެރިވުން ދެވިފައިވާ މިންވަރު  
    • ޕްރޮޖެކްޓް މެނޭޖްމަންޓާ ގުޅުން ހުރި ތައުލީމް/ތަމްރީނާއި ތަޖުރިބާ 
    • ޔުޓިލިޓީ ދާއިރާގައި ލިބިފައިވާ ތަޖުރިބާ 
    • އަމިއްލައަށް އިސްނަގައިގެން ކަންތައްތައް ހައްލުކުރުމުގެ ހުނަރު 
    • ސިސްޓަމްސް އެނޭލިސިސް ދާއިރާގެ ތަޖުރިބާ / ތައުލީމް 
    • ޑޮކާ އާއި ގިޓް ފަދަ ޕްލެޓްފޯރމް / ސިސްޓަމްތަކުގެ ތަޖުރިބާ 
    • ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޓީމެއް މެނޭޖް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރި މިންވަރު 
    • ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން އާއި ޑޭޓާ މޮޑެލް ކުރުމުގެ ތަޖްރިބާ 

ދާއިރާގެ މައިގަޑު މަސައްކަތް: 

  • ޕްރޮޖެކްޓް ސްކޯޕް، ސިސްޓަމް ގޯލްސް، އަދި ރިކުއަރމަންޓްތައް ޤާއިމުކުރުމަށް އިންޓަރނަލް އަދި އެކްސްޓަރނަލް ސްޓޭކް ހޯލްޑަރުންނާ ބައްދަލުކޮށް ވިލަރެސްކުރުން. 
  • ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ޝެޑިއުލްކޮށް، މެނޭޖްކޮށް، ބެލެހެއްޓުމާއި، ޕްރޮޖެކްޓްތައް ކުރިއަށްދާ މިންވަރު ރިޕޯޓް ކުރުން. 
  • ޑިވެލޮޕަރުންނާއި ޓެސްޓަރުންނަށް ބޭނުންވާ ސްޕެސިފިކޭޝަން، ޑޭޓާ މެޕިންގ، ޑައަގްރަމް، އަދި ފްލޯޗާރޓް ތައް ތައްޔާރުކޮށް، އެނަލައިޒްކޮށް، އޯގަނައިޒްކުރުން. 
  • ކޮލިޓީ އެޝުއަރެންސް ޕްލޭންއާ އެއްގޮތަށް ޓެސްޓް ކޭސްތައް ތައްޔާރުކޮށް ޓެސްޓިންގ ޕްރޮސީޖަރތައް ތަންފީޒުކުރުމުގައި ޢަމަލުކުރާނެ ގޮތް ކަނޑައެޅުމާއި، ވިލަރެސްކުރުން. 

މަޤާމް: 

ފުލް-ސްޓެކް ޑިވެލޮޕަރ

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:

މަސައްކަތުގެ ދާއިރާގެ ތައުލީމާއި ތަޖުރިބާއަށް ރިއާޔަތްކޮށް ދެފަރާތުން އެއްބަސްވާ މުސާރައެއް

ފެންވަރު ނުވަތަ ޝަރުޠު: 

  • މަސައްކަތާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާ އެކު މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

ނުވަތަ؛ 

  • މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާ އެކު މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

ނުވަތަ؛ 

  • މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާ އެކު މަދުވެގެން 10 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. 
  • ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ ޕްރޮގްރާމިންގ ލެންގުއޭޖް، ފްރޭމްވޯރކް، އަދި ދާއިރާތަކަށް އަހުލުވެރި ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެއެވެ: 
    • VueJS, React, Rust, TypeScript, JavaScript, Angular, Swift, ASP.Net, C# 
    • UI / UX Design, HTML, CSS, Mobile app development (iOS, Android) 
    • Databases, SQL  
  • އަދި ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ ކަންކަމަށް އިސްކަން ދެވޭނެއެވެ: 
    • ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ ދާއިރާގެ ތަމްރީނާއި ތަޖުރިބާ 
    • ދާއިރާއާ ގުޅޭ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށް އަމަލީ ބައިވެރިވުން ދެވިފައިވާ މިންވަރު  
    • ފަރިތަކަމާ އެކު މުއާމަލާތު ކުރުމުގެ ހުނަރު 
    • ޓީމެއްގައި ގުޅިގެން ރަނގަޅަށް މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން 
    • ޔުޓިލިޓީ ދާއިރާ އާ ގުޅުން ހުރި ތަޖުރިބާ 

ދާއިރާގެ މައިގަޑު މަސައްކަތް: 

  • ވެބް، މޯބައިލް، އަދި ޑެސްކްޓޮޕް އެޕްލިކޭޝަންތައް ޑިވެލޮޕްކުރުން 
  • އެޕްލިކޭޝަންތަކުގެ ޔޫޒަރ އިންޓަރެކްޝަންތައް/އިންޓަރފޭސްތައް ފަރުމާކުރުން 
  • އެޕްލިކޭޝަންތަކުގެ ބެކް އެންޑް ޑިވެލޮޕްކުރުން 
  • ވެބް އޭޕީއައި އެޕްލިކޭޝަން ޑިވެލޮޕްކުރުން 
  • އެޕްލިކޭޝަންތަކަށް ބޭނުންވާ ޑޭޓާބޭސް ފަރުމާކޮށް ޑިވެލޮޕްކުރުން
  • ވެބް އެޕްލިކޭޝަންތަކަށް ބޭނުންވާ ސާވާ ސިސްޓަމްތައް ސެޓަޕްކޮށް ބެލެހެއްޓުން. 
  • އެޕްލިކޭޝަންތަކުގެ އޮތެންޓިކޭޝަން އަދި އެކްސެސް ކޮންޓްރޯލްއަށް ބޭނުންވާ ސިސްޓަމްތައް ފަރުމާކޮށް ޑިވެލޮޕްކުރުން ނުވަތަ ތާޑް ޕާޓީ ސިސްޓަމްތަކާ އިންޓަގްރޭޓްކުރުން. 

މަޤާމް: 

ނެޓްވޯރކް އިންޖިނިއަރ

ބޭނުންވާ ޢަދަދު: 

01

އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:

މަސައްކަތުގެ ދާއިރާގެ ތައުލީމާއި ތަޖުރިބާއަށް ރިއާޔަތްކޮށް ދެފަރާތުން އެއްބަސްވާ މުސާރައެއް

ފެންވަރު ނުވަތަ ޝަރުޠު: 

  • މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއެކު މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ (ބެޗްލަރސް ޑިގްރީ ޙާޞިލްކުރި ފަހުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ހިމެނޭހެން) ލިބިފައިވުން. 

ނުވަތަ؛ 

  • މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއެކު މަދުވެގެން 7 އަހަރުދުވަހުގެ ތަޖުރިބާ (ޑިގްރީ ޙާޞިލްކުރި ފަހުން މަދުވެގެން 2 އަހަރު ހިމެނޭހެން) ލިބިފައިވުން. 
  • ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ ދާއިރާތަކުން ޕްރޮފެޝަނަލް ސެޓިފިކޭޝަން ނުވަތަ ތަޖްރިބާ ޙާޞިލްކޮށްފައިވާ ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެ: 
    • ސީ.ސީ.އެން.ޕީ / ސީ.ސީ.އައި.އީ. (CCNP / CCIE) 
    • އެންޓަރޕްރައިސް ނެޓްވަރކް އިންފްރާސްޓްރަކްޗަރ ފަރުމާކޮށް ގާއިމުކުރުމުގެ ތަޖުރިބާ 
    • ނެޓްވަރކް ވަރޗުއަލައިޒޭޝަން އަދި ވީ.އެމް.ވެއަރގެ ތަޖުރިބާ 
    • ނެޓްވަރކަށް ޖެހޭ މައްސަލަތައް ބަލާ ހައްލުކުރުމުގެ ތަޖުރިބާ 
    • އެސް.ޑީ.ވޭން ގާއިމުކުރުގެ ތަޖުރިބާ 
    • ނެޓްވޯކް ސެކިއުރިޓީ، ރައުޓިންގ އާއި ސްވިޗިންގ ދާއިރާގެ ތަޖްރިބާ 
    • ޔުޓިލިޓީ ދާއިރާ އާ ގުޅުން ހުރި ތަޖުރިބާ 

ދާއިރާގެ މައިގަޑު މަސައްކަތް: 

  • ކުންފުނީގެ ކޮމްޕިއުޓަރ ނެޓްވޯކްތައް ފަރުމާކުރުން 
  • ކުންފުނީގެ ކޮމްޕިއުޓަރ ނެޓްވޯކް ޑިވައިސްތަކުގެ ކޮންފިގަރޭޝަންތައް ކަނޑައެޅުން 
  • ކުންފުނީގެ ކޮމްޕިއުޓަރ ނެޓްވޯކްތަކުގެ ސެކިއުރިޓީ ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި ގަވައިދުން ބެލެހެއްޓުން 
  • ކުންފުނީގެ ކޮމްޕިއުޓަރ ނެޓްވޯކްތަކުގެ ފަރުމާއާއި ކޮންފިގަރޭޝަންތަކަށް ގެނެވޭ ބަދަލުތައް އެޕްރޫވްކޮށް، ޑޮކިއުމަންޓްކޮށް ބެލެހެއްޓުން 
  • ކުންފުނީގެ ކޮމްޕިއުޓަރ ނެޓްވޯކްތައް މޮނީޓަރކޮށް ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖެއްސުން 
  • ކުންފުނީގެ ކޮމްޕިއުޓަރ ނެޓްވޯކްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުމަށް އިރުޝާދު ދީ އެހީތެރިވުން 

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

07 ފެބުރުވަރީ 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް 07 ފެބުރުވަރީ 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

11 ރަޖަބު   1444

02 ފެބުރުވަރީ 2023

02 ފެބުރުވަރީ 2023