ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
މަގު ބަންދުކުރުމާބެހޭ

ހުޅުމާލެ ތަރައްޤީކުރުމުގެ ޕްލޭނުގައިވާ ގޮތުގެމަތިން ޢާންމުންނަށް ހިތްފަސޭހަ ވެށްޓެއް ޤާއިމުކުރުމަށްޓަކައި، ހުޅުމާލޭގައި ހެދޭ ސެންޓްރަލް ޕާކުގެ މަސައްކަތް ނިމިފައިވާ ހިސާބުން ދެން ކުރިއަށް ގެންދެވެން އޮތީ މިހާރު ބޭނުންކުރަމުންދާ ހުޅުމާލޭގެ ފެރީޓަރމިނަލްގެ ކުރިމަތިން ހުޅަނގުން އިރަށް އޮންނަ މަގުގެ "ހިތިގަސްމަގާއި ބަގީޗާ ހިނގުމާ ދެމެދުގައި އޮންނަބައި" ބަންދުކޮށްގެންނެވެ.

މިގޮތުން، ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 14 ޑިސެންބަރު 2014ވާ އާދީއްތަ ދުވަހުން ފެށިގެން ދުއްވާ އެއްޗެހި މިއިޢުލާނާއެކު އެކުލަވާލެވިފައިވާ ކުރެހުމުގައި ފާހަގަކޮށްފައިވާ ސަރަޙައްދުގައި ދުއްވުމަކީ މަނާކަމެއްކަމުގައި ޢާންމުކޮށް އިޢުލާންކުރީމެވެ.

މިކަމުގެ ސަބަބުން ޢާންމުންނަށް ދިމާވެދާނެ ދަތިތަކަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދެމެވެ.

19 ޞަފަރު  1436

11 ޑިސެންބަރު 2014
ހޯދާ