ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: (IUL)262/262/2023/5
100 ހައުސިންގ ޔުނިޓް ދޫކުރުމަށް އެކުލަވާލާ އިވަލުއޭޝަން ކޮމެޓީއަށް އާންމު މެންބަރަކު ހޯދުމާ ގުޅޭ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހދ.ނޮޅިވަރަންފަރުގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި އެކުލަވާލާ އިވަލުވޭޝަން ކޮމެޓީގައި އާންމު ރައްޔިތުންގެ ފަރާތުން ތަމްސީލް ކުރައްވާ މެންބަރަކު ހޯދުމަށް މިއިދާރާގެ ނަންބަރު:(IUL)262/262/2022/94 (14 ނޮވެންބަރު 2022) ގައި ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތި ލައްވާފައި ނުވާތީ މިކޮމެޓީގައި އާންމު ރައްޔިތުންގެ ފަރާތުން ތަމްސީލު ކުރައްވާނޭ މެންބަރަކު ހޯދުމަށް ބޭނުންވެއެވެ. ވީމާ އިވަލުވޭޝަން ކޮމެޓީގައި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތުން އެކަމަށް އެދި 09 ފެބުރުއަރީ 2023 ވަނަދުވަހުގެ 13:00 ގެކުރިން މިއިދާރާއަށް ސިޓީ ހުށައެޅުންވުންއެދެމެވެ.
ވީމާ މިކަންއާއްމުކޮށް އެންގުމައްޓަކައި އިޢުލާންކުރީމެވެ.