ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)262/262/2023/5
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 08:30
ސުންގަޑި: 09 ފެބުރުވަރީ 2023 13:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
100 ހައުސިންގ ޔުނިޓް ދޫކުރުމަށް އެކުލަވާލާ އިވަލުއޭޝަން ކޮމެޓީއަށް އާންމު މެންބަރަކު ހޯދުމާ ގުޅޭ

އިޢުލާން

                                                     ނަމްބަރު: (IUL)262/262/2023/5

 

100 ހައުސިންގ ޔުނިޓް ދޫކުރުމަށް އެކުލަވާލާ އިވަލުއޭޝަން ކޮމެޓީއަށް އާންމު މެންބަރަކު ހޯދުމާ ގުޅޭ

 

               ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހދ.ނޮޅިވަރަންފަރުގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި އެކުލަވާލާ އިވަލުވޭޝަން ކޮމެޓީގައި އާންމު ރައްޔިތުންގެ ފަރާތުން ތަމްސީލް ކުރައްވާ މެންބަރަކު ހޯދުމަށް މިއިދާރާގެ ނަންބަރު:(IUL)262/262/2022/94  (14 ނޮވެންބަރު 2022) ގައި ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތި ލައްވާފައި ނުވާތީ މިކޮމެޓީގައި އާންމު ރައްޔިތުންގެ ފަރާތުން ތަމްސީލު ކުރައްވާނޭ މެންބަރަކު ހޯދުމަށް ބޭނުންވެއެވެ. ވީމާ އިވަލުވޭޝަން ކޮމެޓީގައި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތުން އެކަމަށް އެދި 09 ފެބުރުއަރީ 2023 ވަނަދުވަހުގެ 13:00 ގެކުރިން މިއިދާރާއަށް ސިޓީ ހުށައެޅުންވުންއެދެމެވެ.

ވީމާ މިކަންއާއްމުކޮށް އެންގުމައްޓަކައި އިޢުލާންކުރީމެވެ.

30 ޖަނަވަރީ 2023