ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ތުޅާދޫ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ބީލަން ހުށައެޅުމުގެ ދަޢުވަތު

 

2023 ވަނަ އަހަރު ތުޅާދޫ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. މި ސްކޫލްގެ ސެކިއުރިޓީ (މީލާދީގޮތުން އެއް އަހަރު ދުވަހަށް(12 މަސްދުވަހަށް)) ބަލަހައްޓާދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބީލަންފޮތް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.
  2. މި މަސައްކަތް ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،2023 ޖަނަވަރީ 29 ން 2023 ފެބުރުވަރީ 05 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ރަޖިސްޓްރީ ކުރެވިދާނެއެވެ. އީމެއިލް ފޮނުއްވާނަމަ [email protected]  އަށް ފޮނުއްވުމަށްފަހު މެއިލް ސްކޫލަށް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ. އީމެއިލް ކުރައްވާނަމަ ޢިއުލާން ނަންބަރު، ޚިދުމަތްދޭ ފަރާތުގެ ނަން، މަޢުލޫމާތު ހޯދުމަށް ގުޅަންވީ ފަރާތުގެ ނަން، އައިޑީކާޑު ނަންބަރު އަދި ފޯނު ނަންބަރު ހިމަނަންވާނެއެވެ.
  4. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2023 ފެބުރުވަރީ 01 ވާ ބުދަ ދުވަހުގެ 13:00  ގެ ކުރިން ލިޔުމުން ހުށައެޅުއްވުން އެދެމެވެ. އީ-މެއިލް ކުރައްވާނަމަ [email protected]  އަށެވެ.
  5.  ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ފެބްރުވަރީ 06 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މިސްކޫލް މީޓިންގ ރޫމުގައެވެ.
  6. އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ، އަންދާސީ ހިސާބު ހުށައަޅާނީ ކޮންފަރާތެއްކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ވަޑައިގަތުމަށް ދަންނަވަމެވެ.
  7. މިމަސައްކަތަށް ހުށަހަޅާ އަގު -/250000 (ދެ ލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާ އަށް ވުރެ ބޮޑުނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށައަޅާ އަގުގެ %1 ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
  8. މި މަސައްކަތާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށައަޅަންވާނީ ބީލަން ފޮތުގައިވާ މަޢުލޫމާތުތަކާއި މަސައްކަތާއި ގުޅިގެންދެވިފައިވާ، މަޢުލޫމާތުތައް ކިޔާ އެއާއި އެއްގޮތަށް އެއްބަސްވާ ފަރާތްތަކުންނެވެ.
  9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ތުޅާދޫ ސްކޫލް / ބ. ތުޅާދޫ، ދިވެހިރާއްޖެ

   ފޯން: 6600136

   އީ-މެއިލް: [email protected]

 

29 ޖަނަވަރީ 2023
ހޯދާ