ބީލަން
ނަންބަރު: (IUL)GS-56/ADM/2023/05
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 08:54
ސުންގަޑި:
06 ފެބުރުވަރީ 2023 10:30
ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތުޅާދޫ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ބީލަން ހުށައެޅުމުގެ ދަޢުވަތު
2023 ވަނަ އަހަރު ތުޅާދޫ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ބީލަން ހުށައެޅުމުގެ ދަޢުވަތު
- މި ސްކޫލްގެ ސެކިއުރިޓީ (މީލާދީގޮތުން އެއް އަހަރު ދުވަހަށް(12 މަސްދުވަހަށް)) ބަލަހައްޓާދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބީލަންފޮތް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.
- މި މަސައްކަތް ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،2023 ޖަނަވަރީ 29 ން 2023 ފެބުރުވަރީ 05 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ރަޖިސްޓްރީ ކުރެވިދާނެއެވެ. އީމެއިލް ފޮނުއްވާނަމަ [email protected] އަށް ފޮނުއްވުމަށްފަހު މެއިލް ސްކޫލަށް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ. އީމެއިލް ކުރައްވާނަމަ ޢިއުލާން ނަންބަރު، ޚިދުމަތްދޭ ފަރާތުގެ ނަން، މަޢުލޫމާތު ހޯދުމަށް ގުޅަންވީ ފަރާތުގެ ނަން، އައިޑީކާޑު ނަންބަރު އަދި ފޯނު ނަންބަރު ހިމަނަންވާނެއެވެ.
- މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ފެބުރުވަރީ 01 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ލިޔުމުން ހުށައެޅުއްވުން އެދެމެވެ. އީ-މެއިލް ކުރައްވާނަމަ [email protected] އަށެވެ.
- ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ފެބްރުވަރީ 06 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މިސްކޫލް މީޓިންގ ރޫމުގައެވެ.
- އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ، އަންދާސީ ހިސާބު ހުށައަޅާނީ ކޮންފަރާތެއްކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ވަޑައިގަތުމަށް ދަންނަވަމެވެ.
- މިމަސައްކަތަށް ހުށަހަޅާ އަގު -/250000 (ދެ ލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާ އަށް ވުރެ ބޮޑުނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށައަޅާ އަގުގެ %1 ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
- މި މަސައްކަތާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށައަޅަންވާނީ ބީލަން ފޮތުގައިވާ މަޢުލޫމާތުތަކާއި މަސައްކަތާއި ގުޅިގެންދެވިފައިވާ، މަޢުލޫމާތުތައް ކިޔާ އެއާއި އެއްގޮތަށް އެއްބަސްވާ ފަރާތްތަކުންނެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތުޅާދޫ ސްކޫލް / ބ. ތުޅާދޫ، ދިވެހިރާއްޖެ
ފޯން: 6600136
އީ-މެއިލް: [email protected]
29 ޖަނަވަރީ 2023