ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
|
މި އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ. |
|
މަޤާމު |
އެޑްމިނިސްޓްރޭޓީވް އޮފިސަރ |
ބޭނުންވާ އަދަދު |
1 (އެކެއް) |
ރޭންކް |
ޖީ. އެސް. 3 |
ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 1 |
އޮފީސް/އިދާރާ |
ފުވައްމުލަކު އަތޮޅުކައުންސިލުގެ އިދާރާ |
ސެކްޝަން |
ކޯޕަރޭޓިވް އެފެއާޒް ސެކްޝަން/ އެޑްމިނިސްޓްރޭޝަން އެޗް އާރ އެންޑް އިންފޮމޭޝަން ޔުނިޓް |
ވަޒީފާއަދާކުރަންޖެހޭ ތަން |
ފުވައްމުލަކު އަތޮޅުކައުންސިލުގެ އިދާރާ |
މުސާރަ |
-/4,465 |
ސަރވިސް އެލަވަންސް |
-/1500 |
އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް |
- އިތުރުގަޑިއާއި ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމުން ހަމަޖެހިފައިވާ އުސޫލުން ފައިސާ ލިބޭނެއެވެ. |
މަޤާމުގެ ޝަރުޠު: |
|
މަޤާމުގެ މަސްއޫލިއްޔަތު |
1- އަތޮޅު ކައުންސިލުގެ އިދާރާގެ މުވައްޒަފުންނާބެހޭ އިދާރީ ކަންތައްތައް ބެލެހެއްޓުން 2- އިދާރާއަށް މުވައްޒަފުން ލެއްވުމާއި ވަކިކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުމާއި ސިވިލްސަރވިސް ވިއުގަ މެދުވެރިކޮށް ފޮނުވަންޖެހޭ މަޢުލޫމާތުތައް ވިއުގައަށް އަޅައި ފޮނުވުމާއި އެލިޔުންތަކުގެ ރިކޯޑު ބެލެހެއްޓުން 3- މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިޒަލް ފޯމުގެ އިދާރީ މަސައްކަތް ބެލެހެއްޓުން 4- ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމާއި އެކޮމިޓީގެ އިދާރީ މަސައްކަތްތައް ކުރުން 5- އެޗް އާރ ސިސްޓަމަށް މުވައްޒަފުންގެ މަޢުލޫމާތު އަޅައި، މުވައްޒަފުންނަށް އަންނަ ބަދަލުތައް ސިސްޓަމުން އަޕްޑޭޓް ކުރަމުން ގެންދިއުން 6- މުވައްޒަފުންގެ ޗުއްޓީއާއި ސަލާމުގެ ރިކޯޑު އެޗް އާރ ސިސްޓަމުން ބަލަހައްޓައި މުވައްޒަފުންގެ ޗުއްޓީ ޗިޓު ހެދުން 7- މުވައްޒަފުންގެ ޕަރސަނަލް ރިކޯޑު ފައިލު ބެލެހެއްޓުން 8- އޮފީސް ހުޅުވައި ލެއްޕުމުގެ ކަންތައް ހަމަޖެއްސުން 9- ޚާއްޞަ ޙާލަތްތަކާ ގުޅިގެން ދިމާވާ ކަންތައްތައް ކުރުން |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
އިންޓަރވިއު އަދި ޕްރެޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު |
މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެކު ބާއްވާ އިންޓަރވިއު މި އިޢުލާނުގެ މުއްދަތު ހަވަމާތާ ރަސްމީ 5 ދުވަސްދުވަހުގެ ތެރޭގައި މި އިދާރާގައި ބޭއްވޭނެއެވެ. ދިމާވާ ސަބަބަކާ ހުރެ އިންޓަރވިއު ފަސްވާނަމަ އެކަން އެންގޭނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މި ވަޒީފާއަށް ޝައުޤުވެރިލައްވާ ފަރާތްތަކުން ދިވެހި ސިވިލް ސަރވިސްގެ ވަޒީއަށް އެދި ހުށަހަޅުއްވަންޖެހޭ ފޯމު ފުރުއްވައި 24 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ފުވައްމުލަކު އަތޮޅު ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް |
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ފުވައްމުލަކު އަތޮޅު ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.) 2- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކުރެވިފައިވާ އަދި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު ) 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު) 4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު) 5- ވަޒީފާއެއްގައި އުޅެމުންދާ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު ) 6- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒިފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމެއް. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ |
މި އިދާރާގެ ފޯނު ނަންބަރު 6865001 ،6860004، 6862030, ފެކްސް: 6860958 އީމެއިލް: [email protected], [email protected] |