ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)243-S02/243/2014/44
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 24 ޑިސެންބަރު 2014 15:00
ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު 

މި އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު

އެޑްމިނިސްޓްރޭޓީވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

ރޭންކް

ޖީ. އެސް. 3

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

އޮފީސް/އިދާރާ

ފުވައްމުލަކު އަތޮޅުކައުންސިލުގެ އިދާރާ

ސެކްޝަން

ކޯޕަރޭޓިވް އެފެއާޒް ސެކްޝަން/  އެޑްމިނިސްޓްރޭޝަން އެޗް އާރ އެންޑް އިންފޮމޭޝަން ޔުނިޓް

ވަޒީފާއަދާކުރަންޖެހޭ ތަން

ފުވައްމުލަކު އަތޮޅުކައުންސިލުގެ އިދާރާ

މުސާރަ

-/4,465

ސަރވިސް އެލަވަންސް

-/1500

އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް

- އިތުރުގަޑިއާއި ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމުން ހަމަޖެހިފައިވާ އުސޫލުން ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު:

  • އެޑްމިނިސްޓްރޭޝަން/މެނޭޖުމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.   

މަޤާމުގެ މަސްއޫލިއްޔަތު

1- އަތޮޅު ކައުންސިލުގެ އިދާރާގެ މުވައްޒަފުންނާބެހޭ އިދާރީ ކަންތައްތައް ބެލެހެއްޓުން

2- އިދާރާއަށް މުވައްޒަފުން ލެއްވުމާއި ވަކިކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުމާއި ސިވިލްސަރވިސް ވިއުގަ މެދުވެރިކޮށް ފޮނުވަންޖެހޭ މަޢުލޫމާތުތައް ވިއުގައަށް އަޅައި ފޮނުވުމާއި  އެލިޔުންތަކުގެ ރިކޯޑު ބެލެހެއްޓުން

3- މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިޒަލް ފޯމުގެ އިދާރީ މަސައްކަތް ބެލެހެއްޓުން

4- ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމާއި އެކޮމިޓީގެ އިދާރީ މަސައްކަތްތައް ކުރުން

5- އެޗް އާރ ސިސްޓަމަށް މުވައްޒަފުންގެ މަޢުލޫމާތު އަޅައި، މުވައްޒަފުންނަށް އަންނަ ބަދަލުތައް ސިސްޓަމުން އަޕްޑޭޓް ކުރަމުން ގެންދިއުން

6- މުވައްޒަފުންގެ ޗުއްޓީއާއި ސަލާމުގެ ރިކޯޑު އެޗް އާރ ސިސްޓަމުން ބަލަހައްޓައި މުވައްޒަފުންގެ ޗުއްޓީ ޗިޓު ހެދުން

7- މުވައްޒަފުންގެ ޕަރސަނަލް ރިކޯޑު ފައިލު ބެލެހެއްޓުން

8- އޮފީސް ހުޅުވައި ލެއްޕުމުގެ ކަންތައް ހަމަޖެއްސުން

9- ޚާއްޞަ ޙާލަތްތަކާ ގުޅިގެން ދިމާވާ ކަންތައްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަޖުރިބާ އަދި އިންޓަރވިއުއާއި ޕްރެކެޓިކަލްސްއަށް ބެލޭނެއެވެ.

އިންޓަރވިއު އަދި ޕްރެޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު

މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެކު ބާއްވާ އިންޓަރވިއު މި އިޢުލާނުގެ މުއްދަތު ހަވަމާތާ ރަސްމީ 5 ދުވަސްދުވަހުގެ ތެރޭގައި މި އިދާރާގައި ބޭއްވޭނެއެވެ. ދިމާވާ ސަބަބަކާ ހުރެ އިންޓަރވިއު ފަސްވާނަމަ އެކަން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މި ވަޒީފާއަށް ޝައުޤުވެރިލައްވާ ފަރާތްތަކުން ދިވެހި ސިވިލް ސަރވިސްގެ ވަޒީއަށް އެދި ހުށަހަޅުއްވަންޖެހޭ ފޯމު ފުރުއްވައި 24 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ފުވައްމުލަކު އަތޮޅު ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ފުވައްމުލަކު އަތޮޅު ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކުރެވިފައިވާ އަދި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު )

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

5- ވަޒީފާއެއްގައި އުޅެމުންދާ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު )

6- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒިފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމެއް.  

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ

މި އިދާރާގެ ފޯނު ނަންބަރު 6865001 ،6860004، 6862030, ފެކްސް: 6860958

އީމެއިލް: [email protected][email protected]  

10 ޑިސެންބަރު 2014