ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން ސީ އެމްބިއުލަންސްގައި މަސައްކަތް ކުރުމަށްޓަކައި، މި ދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ.
| 
 މަޤާމު:  | 
 ޑްރައިވަރ  | 
| 
 ބޭނުންވާ އަދަދު:  | 
 2 (ށ.ފުނަދޫ 1) (ގދ.ގައްދޫ 1)  | 
| 
 މުސާރަ:  | 
 (މަހަކު) -/5020 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް:  | 
 (މަހަކު) -/2000 ރުފިޔާ  | 
| 
 އެހެނިހެން އެލަވަންސާއި އުޖޫރަ  | 
 އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ހާޑްޝިފް އެލަވަންސްއާއި، ޝިފްޓް ޑިއުޓީ އެލަވަންސްގެ އިތުރުން ޔުނީފޯމު އެލަވަންސަށް -/100 ރުފިޔާ ލިބޭނެއެވެ.  | 
| 
 ޢާންމުކޮށް މަސައްކަތް ކުރަންޖޭ ތަން.  | 
 ސީ އެމްބިއުލަންސް އޮންނަ ސަރަޙައްދެއްގައި  | 
| 
 ފެންވަރު ނުވަތަ ޝަރުޠު: 
  | 
 1- ނެވިގޭޝަން ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަކޮށްފައިވުމާއެކު ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައިދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން އޭ،ބީ،ސީ ލައިސަންސް ލިބިފައިވުން. 2- ޕެޓްރޯލް އަދި ޑީސަލް އިންޖީނު އެޅި ހައިސްޕީޑް ލޯންޗް ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު، މިފަދަ އުޅަނދުފަހަރު ދުއްވުމުގެ 2 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއި، ގިނަވަގުތު ކަނޑުމަތީގެ މަސައްކަތުގައި އުޅެވޭނެ ފަދަ ޞިއްޙަތެއްހުރި މީހަކު ކަމުގައިވުން.  | 
| 
 ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު  | 
 ސީ އެމްބިއުލަންސްގެ ކެޕްޓަނެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުން.  | 
| 
 މަޤާމު:  | 
 ފަޅުވެރި  | 
| 
 ބޭނުންވާ އަދަދު:  | 
 1 (ށ.ފުނަދޫ)  | 
| 
 މުސާރަ:  | 
 (މަހަކު) -/4465 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް:  | 
 (މަހަކު) -/1500 ރުފިޔާ  | 
| 
 އެހެނިހެން އެލަވަންސާއި އުޖޫރަ  | 
 އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ހާޑްޝިފް އެލަވަންސްއާއި، ޝިފްޓް ޑިއުޓީ އެލަވަންސްގެ އިތުރުން ޔުނީފޯމު އެލަވަންސަށް -/100 ރުފިޔާ ލިބޭނެއެވެ.  | 
| 
 ޢާންމުކޮށް މަސައްކަތް ކުރަންޖޭ ތަން:  | 
 ސީ އެމްބިއުލަންސް އޮންނަ ސަރަޙައްދެއްގައި  | 
| 
 ފެންވަރު ނުވަތަ ޝަރުޠު: 
  | 
 އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު، ކަނޑުމަތީ އުޅަނދުފަހަރުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއި، ގިނަ ވަގުތު ކަނޑުމަތީގައި މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.  | 
| 
 ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު  | 
 ސީ އެމްބިއުލަންސްގެ ފަޅުވެރިއެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުމުގައި ޑްރައިވަރަށް އެހީތެރިވުން.  | 
| 
 އިތުރު މަޢުލޫމާތު:  | 
 މި މަޤާމުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވައި 15 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ އެ ރަށެއްގެ ރަށު ކައުންސިލް އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 9708060 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.  | 
10 ޞަފަރު 1436
