ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން ސީ އެމްބިއުލަންސްގައި މަސައްކަތް ކުރުމަށްޓަކައި، މި ދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ.
|
މަޤާމު: |
ޑްރައިވަރ |
|
ބޭނުންވާ އަދަދު: |
2 (ށ.ފުނަދޫ 1) (ގދ.ގައްދޫ 1) |
|
މުސާރަ: |
(މަހަކު) -/5020 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
(މަހަކު) -/2000 ރުފިޔާ |
|
އެހެނިހެން އެލަވަންސާއި އުޖޫރަ |
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ހާޑްޝިފް އެލަވަންސްއާއި، ޝިފްޓް ޑިއުޓީ އެލަވަންސްގެ އިތުރުން ޔުނީފޯމު އެލަވަންސަށް -/100 ރުފިޔާ ލިބޭނެއެވެ. |
|
ޢާންމުކޮށް މަސައްކަތް ކުރަންޖޭ ތަން. |
ސީ އެމްބިއުލަންސް އޮންނަ ސަރަޙައްދެއްގައި |
|
ފެންވަރު ނުވަތަ ޝަރުޠު:
|
1- ނެވިގޭޝަން ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަކޮށްފައިވުމާއެކު ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައިދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން އޭ،ބީ،ސީ ލައިސަންސް ލިބިފައިވުން. 2- ޕެޓްރޯލް އަދި ޑީސަލް އިންޖީނު އެޅި ހައިސްޕީޑް ލޯންޗް ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު، މިފަދަ އުޅަނދުފަހަރު ދުއްވުމުގެ 2 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއި، ގިނަވަގުތު ކަނޑުމަތީގެ މަސައްކަތުގައި އުޅެވޭނެ ފަދަ ޞިއްޙަތެއްހުރި މީހަކު ކަމުގައިވުން. |
|
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު |
ސީ އެމްބިއުލަންސްގެ ކެޕްޓަނެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުން. |
|
މަޤާމު: |
ފަޅުވެރި |
|
ބޭނުންވާ އަދަދު: |
1 (ށ.ފުނަދޫ) |
|
މުސާރަ: |
(މަހަކު) -/4465 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
(މަހަކު) -/1500 ރުފިޔާ |
|
އެހެނިހެން އެލަވަންސާއި އުޖޫރަ |
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ހާޑްޝިފް އެލަވަންސްއާއި، ޝިފްޓް ޑިއުޓީ އެލަވަންސްގެ އިތުރުން ޔުނީފޯމު އެލަވަންސަށް -/100 ރުފިޔާ ލިބޭނެއެވެ. |
|
ޢާންމުކޮށް މަސައްކަތް ކުރަންޖޭ ތަން: |
ސީ އެމްބިއުލަންސް އޮންނަ ސަރަޙައްދެއްގައި |
|
ފެންވަރު ނުވަތަ ޝަރުޠު:
|
އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު، ކަނޑުމަތީ އުޅަނދުފަހަރުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއި، ގިނަ ވަގުތު ކަނޑުމަތީގައި މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. |
|
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު |
ސީ އެމްބިއުލަންސްގެ ފަޅުވެރިއެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުމުގައި ޑްރައިވަރަށް އެހީތެރިވުން. |
|
އިތުރު މަޢުލޫމާތު: |
މި މަޤާމުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވައި 15 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ އެ ރަށެއްގެ ރަށު ކައުންސިލް އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 9708060 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. |
10 ޞަފަރު 1436