ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން ޕްރެޒިޑެންޝަލް ފްލީޓްގައި މަސައްކަތްކުރުމަށް މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.
| 
 މަޤާމު  | 
 ފަޅުވެރިން  | 
| 
 ބޭނުންވާ އަދަދު  | 
 3  | 
| 
 މުސާރަ  | 
 (މަހަކު) -/4465 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް  | 
 (މަހަކު) -/1500 ރުފިޔާ  | 
| 
 ފެންވަރު ނުވަތަ ޝަރުޠު  | 
 ގްރޭޑް 7 ގެ ފެންވަރު ހުރުން. ނުވަތަ ކަނޑުމަތީ އުޅަނދެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތްކޮށް، ޢަމަލީ ތަޖުރިބާ ލިބިފައިވުން.  | 
| 
 އިތުރު އިނާޔަތްތައް  | 
 މި މަޤާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސާއި، ޝިފްޓްޑިއުޓީ އެލަވަންސާއި، ޔުނީފޯމު އެލަވަންސާއި، ކޮއްތު އެލަވަންސާއި، ދަތުރު އެލަވަންސް އަދި ރާއްޖެތެރެއަށް ކުރާ ދަތުރުތަކުގައި ހުރުމުގެ އެލަވަންސް ލިބޭނެއެވެ.  | 
| 
 ސުންގަޑި  | 
 މި މަޤާމުގެ ވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލިބިވަޑައިގެންފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި އައި.ޑީ.ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވައި 15 ޑިސެންބަރު 2014 ހޯމަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ.  | 
| 
 އިތުރު މަޢުލޫމާތު  | 
 މިވަޒީފާއަށް މީހުން ހޮވުމުގައި މިދާއިރާގައި މަސައްކަތްކޮށްފައިވާ ކަމުގެ ސެޓުފިކެޓު/ލިޔުން އޮތްނަމަ، އެފަރާތްތަކަށް އިސްކަންދެވޭނެއެވެ.  | 
10 ޞަފަރު 1436
