ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2014/163
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި: 15 ޑިސެންބަރު 2014 15:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ފަޅުވެރިން

ކޮންޓްރެކްޓް އުސޫލުން ޕްރެޒިޑެންޝަލް ފްލީޓްގައި މަސައްކަތްކުރުމަށް މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

މަޤާމު

ފަޅުވެރިން

ބޭނުންވާ އަދަދު

3

މުސާރަ

(މަހަކު) -/4465 ރުފިޔާ

ސަރވިސް އެލަވަންސް

(މަހަކު) -/1500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު

ގްރޭޑް 7 ގެ ފެންވަރު ހުރުން. ނުވަތަ

ކަނޑުމަތީ އުޅަނދެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތްކޮށް، ޢަމަލީ ތަޖުރިބާ ލިބިފައިވުން.

އިތުރު އިނާޔަތްތައް

މި މަޤާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސާއި، ޝިފްޓްޑިއުޓީ އެލަވަންސާއި، ޔުނީފޯމު އެލަވަންސާއި، ކޮއްތު އެލަވަންސާއި، ދަތުރު އެލަވަންސް އަދި ރާއްޖެތެރެއަށް ކުރާ ދަތުރުތަކުގައި ހުރުމުގެ އެލަވަންސް ލިބޭނެއެވެ.

ސުންގަޑި

މި މަޤާމުގެ ވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލިބިވަޑައިގެންފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި އައި.ޑީ.ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވައި 15 ޑިސެންބަރު 2014 ހޯމަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

މިވަޒީފާއަށް މީހުން ހޮވުމުގައި މިދާއިރާގައި މަސައްކަތްކޮށްފައިވާ ކަމުގެ ސެޓުފިކެޓު/ލިޔުން އޮތްނަމަ، އެފަރާތްތަކަށް އިސްކަންދެވޭނެއެވެ.

10 ޞަފަރު 1436

02 ޑިސެންބަރު 2014