ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ (މިއަހަރުގެ) ރަމަޟާން މަހު ލ. އިސްދޫ "މަސްޖިދުލް އިނާރާ" އާއި "މަސްޖިދުލް އީޘާރު" ގައި އިމާމުވެ ޙިފްޘްކޮށް ތަރާވީޙް ނަމާދު ކުރާނެ 2 ޙާފިޘުން މިކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހުށަހަޅާ ފަރާތެއްގެ ލެޓަރހެޑުގައި، ސިޓީއަކާއެކު މިމަސައްކަތްކޮށްދެވިދާނެ އަގު (ކޯޓޭޝަން) މިކައުންސިލް އިދާރާއަށް އީމެއިލް ކޮށްދެއްވުން ނުވަތަ ހާޑް ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މިމުއްދަތުގެ ފަހުން ހުށަހަޅުއްވާ ހުށަހެޅުންތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ[email protected] އަދި އިތުރު މަޢުލޫމާތު ހޯދެއްވުމަށް ބޭނުންފުޅުވާނަމަ 6800709،6800920 އާއި ގުޅުއްވުމަށް ދަންނަވަމެވެ. ކޯޓޭޝަނުގައި މި ދަންނަވާ މަޢުލޫމާތު ހިމަނަން ވާނެއެވެ.
- ދެ ކޮޅު ޓިކެޓް ޚަރަދު (ރާއްޖެ ގެނާއުމާއި، އެނބުރި ޤައުމަށް ދިއުމަށް، ފުލައިޓުން ޚަރަދުވާނެ ވަރު)
- ޙާފިޘް ރަށާހަމައަށް ގެނެސްދީ ގެންގޮސްދިނުމުގެ ޚަރަދު (ރަށަށް ގެނައުމާއި އެނބުރި މާލެދިއުމުގެ ދަތުރު ޚަރަދު)
- މާލޭގައި ހުރުމާއި، ކެއުމުގެ ޚަރަދު
- ވިސާ ދެއްކުމާއި، އިންޝުއަރެންސް ދެއްކުމުގެ ޚަރަދު އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރިކަމުގެ ލިޔުން
- ހުށައަޅާ ފަރާތުގެ ނަން، ގުޅޭނެ ނަމްބަރ، އައި.ޑީ، ކޮޕީ(ކުންފުންޏެއްނަމަ، ރަޖިސްޓަރީ ކޮޕީ)
- ތަޖުރިބާގެ ލިޔުމެއް އޮތްނަމަ، އެފަދަ ލިޔުމުގެ ކޮޕީ
- އެހެނިހެން (ޙާފުޘްއަށް ކޮށްދިނުމަށް ބޭނުންވާ އެހެނިހެން ކަންކަން ކޯޓޭޝަންގައި ހިމެނުން އެދެން)
ނޯޓް: ޙާފިޘުން ނެގުމުގައި ދިވެހި ޙާފިޘުން ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެވެ.