ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)395-02/395/2023/10
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:43
ސުންގަޑި: 26 ޖަނަވަރީ 2023 13:00
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފުޘްކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޘުން ހޯދުމާއި ގުޅޭ:

         1444 ވަނަ އަހަރުގެ (މިއަހަރުގެ) ރަމަޟާން މަހު ލ. އިސްދޫ "މަސްޖިދުލް އިނާރާ" އާއި "މަސްޖިދުލް އީޘާރު" ގައި އިމާމުވެ ޙިފްޘްކޮށް ތަރާވީޙް ނަމާދު ކުރާނެ 2 ޙާފިޘުން މިކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.      

          ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހުށަހަޅާ ފަރާތެއްގެ ލެޓަރހެޑުގައި، ސިޓީއަކާއެކު މިމަސައްކަތްކޮށްދެވިދާނެ އަގު (ކޯޓޭޝަން) މިކައުންސިލް އިދާރާއަށް އީމެއިލް ކޮށްދެއްވުން ނުވަތަ ހާޑް ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މިމުއްދަތުގެ ފަހުން ހުށަހަޅުއްވާ ހުށަހެޅުންތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ[email protected]  އަދި އިތުރު މަޢުލޫމާތު ހޯދެއްވުމަށް ބޭނުންފުޅުވާނަމަ 6800709،6800920 އާއި ގުޅުއްވުމަށް ދަންނަވަމެވެ. ކޯޓޭޝަނުގައި މި ދަންނަވާ މަޢުލޫމާތު ހިމަނަން ވާނެއެވެ.

  1. ދެ ކޮޅު ޓިކެޓް ޚަރަދު (ރާއްޖެ ގެނާއުމާއި، އެނބުރި ޤައުމަށް ދިއުމަށް، ފުލައިޓުން ޚަރަދުވާނެ ވަރު)
  2. ޙާފިޘް ރަށާހަމައަށް ގެނެސްދީ ގެންގޮސްދިނުމުގެ ޚަރަދު (ރަށަށް ގެނައުމާއި އެނބުރި މާލެދިއުމުގެ ދަތުރު ޚަރަދު)
  3. މާލޭގައި ހުރުމާއި، ކެއުމުގެ ޚަރަދު
  4. ވިސާ ދެއްކުމާއި، އިންޝުއަރެންސް ދެއްކުމުގެ ޚަރަދު އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރިކަމުގެ ލިޔުން
  5. ހުށައަޅާ ފަރާތުގެ ނަން، ގުޅޭނެ ނަމްބަރ، އައި.ޑީ، ކޮޕީ(ކުންފުންޏެއްނަމަ، ރަޖިސްޓަރީ ކޮޕީ)
  6. ތަޖުރިބާގެ ލިޔުމެއް އޮތްނަމަ، އެފަދަ ލިޔުމުގެ ކޮޕީ
  7. އެހެނިހެން (ޙާފުޘްއަށް ކޮށްދިނުމަށް ބޭނުންވާ އެހެނިހެން ކަންކަން ކޯޓޭޝަންގައި ހިމެނުން އެދެން)

 

ނޯޓް: ޙާފިޘުން ނެގުމުގައި ދިވެހި ޙާފިޘުން ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެވެ.

17 ޖަނަވަރީ 2023