އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ރަމަޟާންމަހު ހިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޡަކު ހޯދުމާއި ގުޅޭ

                                                       ނަންބަރު:  (IUL)345-MS/345/2023/1

އިޢުލާން

 1444 ވަނަ އަހަރުގެ ރަމަޟާންމަހު ހިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޡަކު ހޯދުމާއި ގުޅޭ:

 

      1444 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލް ފަލާޙް ގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޡަކު މިކައުންސިލައް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

      މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މި މަސައްކަތް ކޮށްދެވިދާނެ އަގު (ކޯޓޭޝަން) މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށްވެސް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު އޮތް ވާހަކަ ދަންނަވަމެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 6660059 އަށް ގުޅުއްވުން އެދެމެވެ. ތިރީގައިވާ މައުލޫމާތު ކޯޓޭޝަން ގައި ހިމަނަންވާނެއެވެ.

  1. ހާފިޡުންގެ ދެކޮޅު ޓިކެޓް ( ރާއްޖެއިން ބޭރުން ގެނައުމާއި، އެނބުރި ޤައުމަށް ފޮނުވުމުގެ ހަރަދު)
  2. މާލޭގައި ހުރުމާއި ކެއުމުގެ ހަރަދާއި ރަށައް ފޮނުވުމާއި އެނބުރި މާލެ ދިއުމުގެ ހަރަދު.
  3. ވިސާ ދެއްކުމާއި އިންޝުއަރެންސްފީ ދެއްކުމުގެ ހަރަދު އަދި ދައުލަތުގެ އެހެން އިދާރާތަކުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަ ކުރުން.
  4. ހުށަހަޅާ ފަރާތުގެ ނަން، ގުޅޭނެ ނަންބަރު، އައި.ޑީ ކާޑު ކޮޕީ، (ކުންފުންޏެއްނަމަ ރަޖިސްޓްރީގެ ކޮޕީ)  

      ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

18 ޖަނަވަރީ 2023
ހޯދާ