ދިވެހިރާއްޖެ
ނަންބަރު: (IUL)345-MS/345/2023/1
އިޢުލާން
1444 ވަނަ އަހަރުގެ ރަމަޟާންމަހު ހިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޡަކު ހޯދުމާއި ގުޅޭ: |
1444 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލް ފަލާޙް ގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޡަކު މިކައުންސިލައް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މި މަސައްކަތް ކޮށްދެވިދާނެ އަގު (ކޯޓޭޝަން) މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށްވެސް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު އޮތް ވާހަކަ ދަންނަވަމެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 6660059 އަށް ގުޅުއްވުން އެދެމެވެ. ތިރީގައިވާ މައުލޫމާތު ކޯޓޭޝަން ގައި ހިމަނަންވާނެއެވެ.
- ހާފިޡުންގެ ދެކޮޅު ޓިކެޓް ( ރާއްޖެއިން ބޭރުން ގެނައުމާއި، އެނބުރި ޤައުމަށް ފޮނުވުމުގެ ހަރަދު)
- މާލޭގައި ހުރުމާއި ކެއުމުގެ ހަރަދާއި ރަށައް ފޮނުވުމާއި އެނބުރި މާލެ ދިއުމުގެ ހަރަދު.
- ވިސާ ދެއްކުމާއި އިންޝުއަރެންސްފީ ދެއްކުމުގެ ހަރަދު އަދި ދައުލަތުގެ އެހެން އިދާރާތަކުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަ ކުރުން.
- ހުށަހަޅާ ފަރާތުގެ ނަން، ގުޅޭނެ ނަންބަރު، އައި.ޑީ ކާޑު ކޮޕީ، (ކުންފުންޏެއްނަމަ ރަޖިސްޓްރީގެ ކޮޕީ)
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.