މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ހުޅުމާލެ އޮފީސް ބިލްޑިންގގައި ޖެހުމަށް ބޭނުންވާ ދިދަ ދަނޑި ހަދާ ހަރުކުރުން – އެޑެންޑަމް 1

ހުޅުމާލެ އޮފީސް ބިލްޑިންގގައި ޖެހުމަށް ބޭނުންވާ ދިދަ ދަނޑި ހަދާ ހަރުކުރުން– އެޑެންޑަމް 1

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުޅުމާލޭގައި އިމާރާތްކުރާ އޮފީސް އިމާރާތުގައި  ޖެހުމަށް ބޭނުންވާ ދިދަ ދަނޑި ހަދާ ހަރުކޮށް ދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)471-PIDS2/471/2023/9  އިޢުލާނުގެ މައުލޫމާތު ކަރުދާހުގެ ސެކްޝަން 5 - ބޭނުންވާ ޚިދުމަތް/ ތަކެތި/ މަސައްކަތުގެ ތަފްސީލް، އަށް ބަދަލުގެނެވިފައިވާތީ ބީލަން ހުށަހެޅުމުގެ މުއްދަތު 2023 ޖަނަވަރީ 25 ވަނަ ދުވަހުގެ 13:00 އަށް އިތުރުކޮށް މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

މައުލޫމާތު ކަރުދާހުގެ ސެކްޝަން 5 - ބޭނުންވާ ޚިދުމަތް/ ތަކެތި/ މަސައްކަތުގެ ތަފްސީލް، އަށް ގެނެވުނު ބަދަލު މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ގައި އަދި މި އިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ޖަނަވަރީ 25 ވަނަ ދުވަހު 13:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

16 ޖަނަވަރީ 2023
ހޯދާ