ދިވެހިރާއްޖެ
ހުޅުމާލެ އޮފީސް ބިލްޑިންގގައި ޖެހުމަށް ބޭނުންވާ ދިދަ ދަނޑި ހަދާ ހަރުކުރުން– އެޑެންޑަމް 1
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުޅުމާލޭގައި އިމާރާތްކުރާ އޮފީސް އިމާރާތުގައި ޖެހުމަށް ބޭނުންވާ ދިދަ ދަނޑި ހަދާ ހަރުކޮށް ދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)471-PIDS2/471/2023/9 އިޢުލާނުގެ މައުލޫމާތު ކަރުދާހުގެ ސެކްޝަން 5 - ބޭނުންވާ ޚިދުމަތް/ ތަކެތި/ މަސައްކަތުގެ ތަފްސީލް، އަށް ބަދަލުގެނެވިފައިވާތީ ބީލަން ހުށަހެޅުމުގެ މުއްދަތު 2023 ޖަނަވަރީ 25 ވަނަ ދުވަހުގެ 13:00 އަށް އިތުރުކޮށް މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
މައުލޫމާތު ކަރުދާހުގެ ސެކްޝަން 5 - ބޭނުންވާ ޚިދުމަތް/ ތަކެތި/ މަސައްކަތުގެ ތަފްސީލް، އަށް ގެނެވުނު ބަދަލު މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ގައި އަދި މި އިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ޖަނަވަރީ 25 ވަނަ ދުވަހު 13:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ
އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]