ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ސެކިއުރިޓީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

ސެކިއުރިޓީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

  1. މިޑިޕާޓްމަންޓުގެ އިމާރާތެއް ކަމުގައިވާ މ. ގޯލްޑަން ސަންބީމްގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ސެކިއުރިޓީ ބެލެހެއްޓުމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 15 ޖެނުއަރީ 2023 ން 19 ޖެނުއަރީ 2023 ވަނަ ދުވަހުގެ12:00 އާއި ހަމައަށް "ބިޑް ރަޖިސްޓްރީ ފޯމު"ގެ ލިންކު https://forms.gle/HB6pTLRbRkuXGipn7  މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
  4. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 19 ޖެނުއަރީ 2023ވަނަ ދުވަހުގެ12:00ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 22 ޖެނުއަރީ 2023 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ. 
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެއިލު މެދުވެރިކޮށް އަދި، ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންގެ ފޯން: 7533006 /4003966 އިންލިބިވަޑައިގަންނަވާނެއެވެ.

 

23 ޖުމާދުލްއާޚިރު 1444

 15 ޖެނުއަރީ 2023

15 ޖަނަވަރީ 2023
ހޯދާ