ބީލަން
ނަންބަރު: (IUL)120-D/1/2023/05
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:57
ސުންގަޑި:
19 ޖަނަވަރީ 2023 12:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިއުރިޓީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން
ސެކިއުރިޓީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން
- މިޑިޕާޓްމަންޓުގެ އިމާރާތެއް ކަމުގައިވާ މ. ގޯލްޑަން ސަންބީމްގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ސެކިއުރިޓީ ބެލެހެއްޓުމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 15 ޖެނުއަރީ 2023 ން 19 ޖެނުއަރީ 2023 ވަނަ ދުވަހުގެ12:00 އާއި ހަމައަށް "ބިޑް ރަޖިސްޓްރީ ފޯމު"ގެ ލިންކު https://forms.gle/HB6pTLRbRkuXGipn7 މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
- ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 19 ޖެނުއަރީ 2023ވަނަ ދުވަހުގެ12:00ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 22 ޖެނުއަރީ 2023 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެއިލު މެދުވެރިކޮށް އަދި، ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންގެ ފޯން: 7533006 /4003966 އިންލިބިވަޑައިގަންނަވާނެއެވެ.
23 ޖުމާދުލްއާޚިރު 1444
15 ޖެނުއަރީ 2023
15 ޖަނަވަރީ 2023