މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023 ވަނަ އަހަރަށް ފޮއްދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ

 

              2023 ވަނަ އަހަރު ފޮއްދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް މިއިދާރާގެ ނަންބަރ (IUL)296/296/2022/54  އިޢުލާނަށް އަގު ހުށައަޅުއްވާފައިވަނީ އެއްފަރާތުން ކަމަށްވާތީ މި އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ.

މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން09  ޖަނަވަރީ 2023 ފެށިގެން 18 ޖަނަވަރީ 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  އަދި މިމަސައްކަތާ ގުޅޭ މައުލޫމާތު ޝީޓް ރަޖިސްކުރެވިފައިވާ ފަރާތްތަކަށް 19 ޖަނަވަރީ 2022 ވާ ބުރާސްފަތި ސުވަހުގެ 14:00 ގެ ކުރިން މެއިލް ކުރައްވާނެ ވާހަކަ ދަންނަވަމެވެ.

 އަންދާސީ ހިސާބު ހުށައަޅުއްވާނީ 31 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާއަށެވެ. މިމަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.

       މިކަމަށް އެދި ކުރިމަތި ލެވޭނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ނަންބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ނަންބަރ: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

       ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

              17 ޖުމާދުލްއޫލާ 1444

               09 ޖަނަވަރީ 2023

09 ޖަނަވަރީ 2023
ހޯދާ