ދިވެހިރާއްޖެ
2023 ވަނަ އަހަރު ފޮއްދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް މިއިދާރާގެ ނަންބަރ (IUL)296/296/2022/54 އިޢުލާނަށް އަގު ހުށައަޅުއްވާފައިވަނީ އެއްފަރާތުން ކަމަށްވާތީ މި އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ.
މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން09 ޖަނަވަރީ 2023 ފެށިގެން 18 ޖަނަވަރީ 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި މިމަސައްކަތާ ގުޅޭ މައުލޫމާތު ޝީޓް ރަޖިސްކުރެވިފައިވާ ފަރާތްތަކަށް 19 ޖަނަވަރީ 2022 ވާ ބުރާސްފަތި ސުވަހުގެ 14:00 ގެ ކުރިން މެއިލް ކުރައްވާނެ ވާހަކަ ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށައަޅުއްވާނީ 31 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާއަށެވެ. މިމަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.
މިކަމަށް އެދި ކުރިމަތި ލެވޭނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ނަންބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ނަންބަރ: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.
17 ޖުމާދުލްއޫލާ 1444
09 ޖަނަވަރީ 2023