މަޤާމު
|
އެސިސްޓެންޓް ޑިރެކްޓަރ
|
ބޭނުންވާ ޢަދަދު
|
1 (އެކެއް)
|
ރޭންކް
|
އެމް . އެސް. 3
|
ކްލެސިފިކޭޝަން
|
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
އޮފީސް/އިދާރާ
|
ފުވައްމުލަކު އަތޮޅުކައުންސިލްގެ އިދާރާ
|
ސެކްޝަން
|
އެޓޯލް ޑިވެލޮޕްމަންޓް ސަރވިސް ސެކްޝަން / ޕޮލިސީ ޕްލޭނިންގ، ރިސާރޗް އެންޑް މޮނިޓަރިން ޔުނިޓް
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ފުވައްމުލަކު އަތޮޅުކައުންސިލްގެ އިދާރާ
|
މުސާރަ
|
7,035.00
|
ސަރވިސް އެލަވަންސް
|
2,000.00
|
އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް
|
- އިތުރުގަޑިއާއި ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމުން ހަމަޖެހިފައިވާ އުސޫލުން ފައިސާ ލިބޭނެއެވެ.
|
މަޤާމުގެ ޝަރުޠު:
|
- އެންވަޔަރަންމަންޓް މެނޭޖުމަންޓް/ އެންވަޔަރަންމަންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- އެންވަޔަރަންމަންޓް މެނޭޖުމަންޓް/ އެންވަޔަރަންމަންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- އެންވަޔަރަންމަންޓް މެނޭޖުމަންޓް/ އެންވަޔަރަންމަންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- އެންވަޔަރަންމަންޓް މެނޭޖުމަންޓް/ އެންވަޔަރަންމަންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އަތޮޅުގެ ތަރައްޤީގެ ޕްލޭނަށް ބިނާކޮށް ކުރިއަށްއޮތް އަހަރު ބަޖެޓްގައި ހިމަނަން ބޭނުންވާ ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތަކާއި އަދި ޕީ އެސް ޕީ އަށް ހުށަހަޅަންޖެހޭ ޕްރޮޖެކްޓްތަކުގެ ތަފުސީލު، ހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ބަޖެޓް ސެކްޝަނަށް ފޮނުވުން.
- ފުވައްމުލަކުގެ ތަރައްޤީއަށް ބޭނުންވާ އެކިއެކި މަޝްރޫޢުތައް ރޭވުމަށްޓަކައި ބޭނުންވާ ދިރާސާތައްކޮށް މަޢުލޫމާތު އެއްކުރުން.
- އަތޮޅުގެ ތަރައްޤީއަށްޓަކައި ކައުންސިލުން ހިންގާ އެކިއެކި ޙަރަކާތްތަކާއި މަޝްރޫޢުތައް މޮނިޓަރ ކުރުން.
- ޢަމަލުކުރެވެމުންދާ ތަރައްޤީގެ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 4 މަސްކުރިން ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް ކުރިއަށްއޮތް 5 އަހަރަށް ތަރައްޤީގެ ޕްލޭން އެކުލަވައިލުން.
- ފުވައްމުލަކުގެ ތަރައްޤީގެ ޕްލޭން ފުރިހަމަކުރުމަށްޓަކައި ކައުންސިލުން ރާވާ ކަންތައްތައް ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން ހިންގައި ބެލެހެއްޓުން.
- ރަށުގެ ތިމާވެށީގެ ޙާލަތަށް އަންނަމުންދާ ބަދަލުތައް ދަނެގަނެ ތިމާވެށި ޙިމާޔަތް ކުރުމަށްޓަކައި ހަދަންޖެހޭ ޕްލޭންތައް ހެދުން
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ތަޢުލީމާއި ތަޖުރިބާ އަދި އިންޓަރވިއު އަށް ބެލޭނެއެވެ.
|
އިންޓަރވިއު އަދި ޕްރެޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު
|
މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއި އެކު ބާއްވާ އިންޓަރވިއު މި އިޢުލާނުގެ މުއްދަތު ހަވަމާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި މި އިދާރާގައި ބޭއްވޭނެއެވެ. ދިމާވާ ސަބަބަކާ ހުރެ އިންޓަވިއު ފަސްވާނަމަ އެކަން އެންގޭނެއެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
|
މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ލިޔުންތަކާއެކު 09 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުން އެދެމެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ފުވައްމުލަކު އަތޮޅުކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)
- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓް ކުރެވިފައިވާ އަދި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަސްލު)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)
- ވަޒީފާއެއްގައި އުޅެމުންދާ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު )
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒިފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ރަސްމީ ލިޔުމެއް.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ
|
މި އިދާރާގެ ފޯނު ނަންބަރު: 6865001، 6860004، 6862030
އީމެއިލް: [email protected] [email protected]
|