ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)243-S02/243/2014/39
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 09 ޑިސެންބަރު 2014 15:00
ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ ޢަދަދު

1 (އެކެއް)

ރޭންކް

އެމް . އެސް. 3

ކްލެސިފިކޭޝަން

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް/އިދާރާ

ފުވައްމުލަކު އަތޮޅުކައުންސިލްގެ އިދާރާ

ސެކްޝަން

އެޓޯލް ޑިވެލޮޕްމަންޓް ސަރވިސް ސެކްޝަން / ޕޮލިސީ ޕްލޭނިންގ، ރިސާރޗް އެންޑް މޮނިޓަރިން ޔުނިޓް    

ވަޒީފާ އަދާކުރަންޖެހޭ ތަން

ފުވައްމުލަކު އަތޮޅުކައުންސިލްގެ އިދާރާ

މުސާރަ

7,035.00

ސަރވިސް އެލަވަންސް

2,000.00

އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް

  • އިތުރުގަޑިއާއި ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމުން ހަމަޖެހިފައިވާ އުސޫލުން ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު:

  1. އެންވަޔަރަންމަންޓް މެނޭޖުމަންޓް/ އެންވަޔަރަންމަންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. އެންވަޔަރަންމަންޓް މެނޭޖުމަންޓް/ އެންވަޔަރަންމަންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  3. އެންވަޔަރަންމަންޓް މެނޭޖުމަންޓް/ އެންވަޔަރަންމަންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  4. އެންވަޔަރަންމަންޓް މެނޭޖުމަންޓް/ އެންވަޔަރަންމަންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  1. އަތޮޅުގެ ތަރައްޤީގެ ޕްލޭނަށް ބިނާކޮށް ކުރިއަށްއޮތް އަހަރު ބަޖެޓްގައި ހިމަނަން ބޭނުންވާ ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތަކާއި އަދި ޕީ އެސް ޕީ އަށް ހުށަހަޅަންޖެހޭ ޕްރޮޖެކްޓްތަކުގެ ތަފުސީލު، ހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ބަޖެޓް ސެކްޝަނަށް ފޮނުވުން.
  2. ފުވައްމުލަކުގެ ތަރައްޤީއަށް ބޭނުންވާ އެކިއެކި މަޝްރޫޢުތައް ރޭވުމަށްޓަކައި ބޭނުންވާ ދިރާސާތައްކޮށް މަޢުލޫމާތު އެއްކުރުން.
  3. އަތޮޅުގެ ތަރައްޤީއަށްޓަކައި ކައުންސިލުން ހިންގާ އެކިއެކި ޙަރަކާތްތަކާއި މަޝްރޫޢުތައް މޮނިޓަރ ކުރުން.
  4. ޢަމަލުކުރެވެމުންދާ ތަރައްޤީގެ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 4 މަސްކުރިން ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް ކުރިއަށްއޮތް 5 އަހަރަށް ތަރައްޤީގެ ޕްލޭން އެކުލަވައިލުން.
  5. ފުވައްމުލަކުގެ ތަރައްޤީގެ ޕްލޭން ފުރިހަމަކުރުމަށްޓަކައި ކައުންސިލުން ރާވާ ކަންތައްތައް ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން ހިންގައި ބެލެހެއްޓުން.
  6. ރަށުގެ ތިމާވެށީގެ ޙާލަތަށް އަންނަމުންދާ ބަދަލުތައް ދަނެގަނެ ތިމާވެށި ޙިމާޔަތް ކުރުމަށްޓަކައި ހަދަންޖެހޭ ޕްލޭންތައް ހެދުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަޖުރިބާ އަދި އިންޓަރވިއު އަށް ބެލޭނެއެވެ.

އިންޓަރވިއު އަދި ޕްރެޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު

މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއި އެކު ބާއްވާ އިންޓަރވިއު މި އިޢުލާނުގެ މުއްދަތު ހަވަމާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި މި އިދާރާގައި ބޭއްވޭނެއެވެ. ދިމާވާ ސަބަބަކާ ހުރެ އިންޓަވިއު ފަސްވާނަމަ އެކަން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ލިޔުންތަކާއެކު 09 ޑިސެންބަރު 2014  ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ފުވައްމުލަކު އަތޮޅުކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓް ކުރެވިފައިވާ  އަދި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަސްލު)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަސްލު)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)
  5. ވަޒީފާއެއްގައި  އުޅެމުންދާ ނުވަތަ އުޅެފައިވާ  މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު )
  6. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒިފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ރަސްމީ ލިޔުމެއް.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ

މި އިދާރާގެ ފޯނު ނަންބަރު:  6865001، 6860004، 6862030

އީމެއިލް: [email protected] [email protected]

25 ނޮވެންބަރު 2014