މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށް 1500KGގެ ރަށު ޕިކަޕެއް ގަނެ، ސަޕްލައިކޮށްދޭން ފަރާތެއް ހޯދުމާގުޅޭ

ިޢުލާން

 

ކައުންސިލް އިދާރާއަށް  1500KGގެ ރަށު ޕިކަޕެއް ގަނެ، ސަޕްލައިކޮށްދޭން ފަރާތެއް ހޯދުމާގުޅޭ

 

މި ކައުންސިލްގެ ނަމްބަރ : (IUL)272-ESMS/272/2022/93 (12 ޑިސެންބަރު 2022)  އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑްހުށައަޅާފައި ނުވާތީވެ، އެއިލާން ބާތިލްކޮށް އަލުން މިއިދާރާއަށް 1500KG ގެ ރަށު ޕިކަޕެއް އަމިއްލަ ހަރަދުގައި ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ،  ޤާނޫނު ނަމްބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 2014/19 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތާއި ގުޅޭގޮތުން ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.

މަސައްކަތް ޙަވާލުކުރުމަށް މާކްސް ދެވޭނޭ ގޮތް:

އަގަށް: %85

ވޮރެންޓީ އަށް: %5

މުއްދަތަށް: 10%

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 ޖަނަވަރީ 2022 ވަނަ ދުވަހުގެ 13:00 ގައި ނޫމަރާ ކައުންސިލް އިދާރާގެ މީޓިންގ ރޫމް ގައެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ އުޅަނދު ސަޕްލައި ކުރުމުގެ އަގާއި ރަޖިސްޓްރީކޮށްދިނުމުގެ އަގު އެނގޭނޭ ގޮތަށް މުއްދަތާއި އެކުގައެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ޑިސެންބަރު 2022
ހޯދާ