ދިވެހިރާއްޖެ
ިޢުލާން
ކައުންސިލް އިދާރާއަށް 1500KGގެ ރަށު ޕިކަޕެއް ގަނެ، ސަޕްލައިކޮށްދޭން ފަރާތެއް ހޯދުމާގުޅޭ
މި ކައުންސިލްގެ ނަމްބަރ : (IUL)272-ESMS/272/2022/93 (12 ޑިސެންބަރު 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑްހުށައަޅާފައި ނުވާތީވެ، އެއިލާން ބާތިލްކޮށް އަލުން މިއިދާރާއަށް 1500KG ގެ ރަށު ޕިކަޕެއް އަމިއްލަ ހަރަދުގައި ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަމްބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 2014/19 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ގުޅޭގޮތުން ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.
މަސައްކަތް ޙަވާލުކުރުމަށް މާކްސް ދެވޭނޭ ގޮތް:
އަގަށް: %85
ވޮރެންޓީ އަށް: %5
މުއްދަތަށް: 10%
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 ޖަނަވަރީ 2022 ވަނަ ދުވަހުގެ 13:00 ގައި ނޫމަރާ ކައުންސިލް އިދާރާގެ މީޓިންގ ރޫމް ގައެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ އުޅަނދު ސަޕްލައި ކުރުމުގެ އަގާއި ރަޖިސްޓްރީކޮށްދިނުމުގެ އަގު އެނގޭނޭ ގޮތަށް މުއްދަތާއި އެކުގައެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.