އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންޓަރންޝިޕްއަށް ކުރިމަތިލުމުގެ ފުރުޞަތު

ތާރީޚް: 22 ޑިސެންބަރު 2022

ނަންބަރު: IUL)486-AP/1/2022/52)

އިޢުލާނު

މި އޮފީހުގެ ނަންބަރު: IUL)486-HR/1/2022/51) އިޢުލާނާއި ގުޅިގެން އިންޓަރންގެ މަޤާމަށް އެކަށީގެންވާ މިންވަރަށް ތަރުޙީބު ލިބިފައިނުވާތީ، އެމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި މަޤާމަށް ކުރިން ކުރިމަތިލައްވާފައިވާ ފަރާތްތައް އަލުން އެޕްލިކޭޝަން ހުށަހަޅާކަށް ނުޖެހޭނެއެވެ.  

 

މަޤާމް:

އިންޓަރން

ބޭނުންވާ އަދަދު

03 (ތިނެއް)

މުއްދަތު:

2023 ޖަނަވަރީ 05 ގެ ނިޔަލަށް

މަސައްކަތްކުރަންޖެހޭ ތަން:

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް

މަސައްކަތުގެ ވަގުތު:

ހެނދުނު 08:00 އިން މެންދުރުފަހު 14:00އަށް

ފެންވަރު ނުވަތަ ޝަރުތު:

  • ދިވެހި ރައްޔިތަކަށްވުން
  • މީލާދީގޮތުން 18 އަހަރު ފުރި 55 އަހަރު ފުރިފައިވާ މީހަކަށް ނުވުން
  • އޯލެވެލް އިނގިރޭސި ހިމެނޭހެން 03 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެކު ސާނަވީ "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

މަސައްކަތުގެ އުޖޫރަ:

މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 300/- (ތިން ސަތޭކަ ރުފިޔާ) ގެ ރޭޓުން

މައިގަނޑު މަސައްކަތް:

  • އޮފީހުން ބަލާ މައްސަލަތަކާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ތަޙްޤީޤުތަކާގުޅޭ ލިޔުންތައް ލިޔެ އެކި ފަރާތްތަކަށް ފޮނުވުމާއި، ތަޙުޤީޤަށް ހާޟިރުވާ ފަރާތްތަކުގެ ބަޔާންތައް ލިޔުމާއި އެކަމާގުޅުންހުރި މަސައްކަތްކުރުން.
  • އޮފީހުން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.
  • އޮފީހުން ތަޙްޤީޤްކުރާ މައްސަލަތަކުގެ އިދާރީ މަސައްކަތްކުރުން.
  • އޮފީހުގެ އިދާރީގޮތުން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުން.

 

 

އިންޓަރންޝިޕްއަށް އެދި ހުށަހެޅުން

މިއޮފީހުގެ އިންޓާންއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 5 ޖަނަވަރީ 2023 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި އޮފީހުގެ އީމެއިލް އެޑްރެސް [email protected]  އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

 

މަޤާމަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:

 

  1. އިންޓަރންޝިޕްގެ ފުރުސަތަށް އެދި ހުށަހަޅާ ސިޓީ
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 
  5. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)

 

އެހެނިހެން:

  1. މިއިއުލާންގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މިމަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް އެންގޭނެއެވެ.
  2. މިއޮފީހުން އެދޭ ފެންވަރަށް މިއިންޓަރންޝިޕް ފުރިހަމަކުރާ ފަރާތްތަކަށް އޮފީހުގައި ހުރި ވަޒީފާގެ ފުރުޞަތުތަކަށް މީހުން ނެގުމުގައި އިސްކަންދެވޭނެއެވެ.
  3. މަތީގައިވާ މަޤާމުގެ ޕްރެކްޓިކަލް އަދި އިންޓަވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް މަޤްބޫލު ސަބަބަކާނުލައި ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ފުރުޞަތު ނުދެވޭނެ އެވެ.
  4. އިންޓާނުންގެ ގޮތުގައި ވަޒީފާއަށް ހޮވޭ ފަރާތްތަކުން ޢަމަލުކުރާނެ ގޮތުގެ ގައިޑްލައިން މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 14:00 އާ ދެމެދު މި އޮފީހުގެ ނަންބަރު 3039900 ފޯނަށް ގުޅުއްވުން ނުވަތަ [email protected]  އީމެއިލަށް ލިޔުއްވުން އެދެމެވެ.

 

                                    28 ޖުމާދުލްޢޫލާ 1444

22 ޑިސެންބަރު 2022
ހޯދާ