ދިވެހިރާއްޖެ
ތާރީޚް: 22 ޑިސެންބަރު 2022
ނަންބަރު: IUL)486-AP/1/2022/52)
އިޢުލާނު މި އޮފީހުގެ ނަންބަރު: IUL)486-HR/1/2022/51) އިޢުލާނާއި ގުޅިގެން އިންޓަރންގެ މަޤާމަށް އެކަށީގެންވާ މިންވަރަށް ތަރުޙީބު ލިބިފައިނުވާތީ، އެމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި މަޤާމަށް ކުރިން ކުރިމަތިލައްވާފައިވާ ފަރާތްތައް އަލުން އެޕްލިކޭޝަން ހުށަހަޅާކަށް ނުޖެހޭނެއެވެ.
|
މަޤާމް: |
އިންޓަރން |
ބޭނުންވާ އަދަދު |
03 (ތިނެއް) |
މުއްދަތު: |
2023 ޖަނަވަރީ 05 ގެ ނިޔަލަށް |
މަސައްކަތްކުރަންޖެހޭ ތަން: |
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް |
މަސައްކަތުގެ ވަގުތު: |
ހެނދުނު 08:00 އިން މެންދުރުފަހު 14:00އަށް |
ފެންވަރު ނުވަތަ ޝަރުތު: |
|
މަސައްކަތުގެ އުޖޫރަ: |
މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 300/- (ތިން ސަތޭކަ ރުފިޔާ) ގެ ރޭޓުން |
މައިގަނޑު މަސައްކަތް: |
|
އިންޓަރންޝިޕްއަށް އެދި ހުށަހެޅުން
މިއޮފީހުގެ އިންޓާންއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 5 ޖަނަވަރީ 2023 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި އޮފީހުގެ އީމެއިލް އެޑްރެސް [email protected] އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މަޤާމަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:
- އިންޓަރންޝިޕްގެ ފުރުސަތަށް އެދި ހުށަހަޅާ ސިޓީ
- ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)
އެހެނިހެން:
- މިއިއުލާންގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މިމަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް އެންގޭނެއެވެ.
- މިއޮފީހުން އެދޭ ފެންވަރަށް މިއިންޓަރންޝިޕް ފުރިހަމަކުރާ ފަރާތްތަކަށް އޮފީހުގައި ހުރި ވަޒީފާގެ ފުރުޞަތުތަކަށް މީހުން ނެގުމުގައި އިސްކަންދެވޭނެއެވެ.
- މަތީގައިވާ މަޤާމުގެ ޕްރެކްޓިކަލް އަދި އިންޓަވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް މަޤްބޫލު ސަބަބަކާނުލައި ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ފުރުޞަތު ނުދެވޭނެ އެވެ.
- އިންޓާނުންގެ ގޮތުގައި ވަޒީފާއަށް ހޮވޭ ފަރާތްތަކުން ޢަމަލުކުރާނެ ގޮތުގެ ގައިޑްލައިން މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 14:00 އާ ދެމެދު މި އޮފީހުގެ ނަންބަރު 3039900 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އީމެއިލަށް ލިޔުއްވުން އެދެމެވެ.
28 ޖުމާދުލްޢޫލާ 1444