އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
2023 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

އިންނަމާދޫ ސްކޫލް

ރ.އިންނަމާދޫ، ދިވެހިރާއްޖެ    

 ނަމްބަރ: GS123/SR/IUL/2022/12

                 ބީލަން ހުށަހެޅުމުގެ ދަޢުވަތު

2023 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

  މިސްކޫލުގެ 2023 ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ސެކިއުރިޓީ ބެލެހެއްޓުމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1.    މިބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
  2.    މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ޑިސެމްބަރ 25 އިން 2022 ޑިސެމްބަރ 28 ގެ ހެނދުނު 9:00 އިން މެންދުރު ފަހު 14:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ 6580359 ފޯނަށް ރަސްމީގަޑިގައި ގުޅުއްވައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުދައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. 
  3.    މިބީލަމާއި ބެހޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ  2022 ޑިސެމްބަރ 29 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި  މިސްކޫލުގެ އިދާރާގައެވެ.
  4.    މި ބީލަމާއި ގުޅޭގޮތުން އިތުރަށް ކަމެއް ސާފުކުރަންވަން ބޭނުންފުޅުވާނަމަ، އެކަމެއް 2023 ޖެނުއަރީ 2 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ސްކޫލުގެ ރަސްމީ މެއިލްއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
  5.    ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ޖެނުއަރީ 3 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލުގެ އިދާރާގައެވެ.
  6.    މިބީލަމާގުޅޭ ބީލަންފޮތާއި، ބީލަން ހުށަހަޅާފޯމު، މިކަމަށް މަޢުލޫމާތު ދޭ ސެޝަނަށްފަހު ސްކޫލުން ދޫކުރާނެއެވެ.
  7.    އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފޯނު ނަމްބަރ: 6580359

އީމެއިލް އެޑްރެސް: [email protected]

        މިހެންވެ މިކަން ޢާއްމުކޮށް އިޢުލާނު ކުރީމެވެ.  

 

 

28 ޖުމާދަލް އޫލާ 1444

22 ޑިސެމްބަރ 2022

 

22 ޑިސެންބަރު 2022
ހޯދާ