ބީލަން
ނަންބަރު: GS123/SR/IUL/2022/12
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:18
ސުންގަޑި:
03 ޖަނަވަރީ 2023 10:00
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2023 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
އިންނަމާދޫ ސްކޫލް
ރ.އިންނަމާދޫ، ދިވެހިރާއްޖެ
ނަމްބަރ: GS123/SR/IUL/2022/12
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2023 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މިސްކޫލުގެ 2023 ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ސެކިއުރިޓީ ބެލެހެއްޓުމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މިބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ޑިސެމްބަރ 25 އިން 2022 ޑިސެމްބަރ 28 ގެ ހެނދުނު 9:00 އިން މެންދުރު ފަހު 14:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ 6580359 ފޯނަށް ރަސްމީގަޑިގައި ގުޅުއްވައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުދައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މިބީލަމާއި ބެހޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2022 ޑިސެމްބަރ 29 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލުގެ އިދާރާގައެވެ.
- މި ބީލަމާއި ގުޅޭގޮތުން އިތުރަށް ކަމެއް ސާފުކުރަންވަން ބޭނުންފުޅުވާނަމަ، އެކަމެއް 2023 ޖެނުއަރީ 2 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ސްކޫލުގެ ރަސްމީ މެއިލްއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ޖެނުއަރީ 3 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލުގެ އިދާރާގައެވެ.
- މިބީލަމާގުޅޭ ބީލަންފޮތާއި، ބީލަން ހުށަހަޅާފޯމު، މިކަމަށް މަޢުލޫމާތު ދޭ ސެޝަނަށްފަހު ސްކޫލުން ދޫކުރާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯނު ނަމްބަރ: 6580359
އީމެއިލް އެޑްރެސް: [email protected]
މިހެންވެ މިކަން ޢާއްމުކޮށް އިޢުލާނު ކުރީމެވެ.
28 ޖުމާދަލް އޫލާ 1444
22 ޑިސެމްބަރ 2022
22 ޑިސެންބަރު 2022