ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އަންހެން އެގުޒަމިނަރުން ހޯދުން

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އަންހެން އެގުޒަމިނަރުން ބޭނުން ވެއްޖެއެވެ.

  • ބޭނުންވާ ޢަދަދު:02  ( ދޭއް )

ޝަރުތު:

  • ލިޔަންކިޔަން އެނގުން.
  • އޭޒޯންގެ ޑްރައިވިންގ ލައިސަންސްAO,A1,B1  ކެޓަގަރީ އޮތް މީހަކު ކަމުގައިވުން.
  • މި އިދާރާގެ މުވައްޒަފަކު ކަމުގައި ނުވުން.
  • ފާއިތުވި ފަސްއަހަރު ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.( 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް )
  • މަދުވެގެން ދެ (ދޭއް) އަހަރު ވެފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޑްރައިވިންގ ލައިސަންސް އޮތުން.
  • ޑްރައިވިން ސްކޫލެއްގެ ޙިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން.

 

އެގުޒަމިނަރުކަން ކުރައްވާ ފަރާތްތަކަށް، ދުއްވާ ކޮންމެ ދެ ފުރޮޅުލީ އުޅަނދަކަށް -/35ރ (ތިރީސް ރުފިޔާ) އަދި ދެފުރޮޅަށްވުރެ އިތުރުވާ ކޮންމެ އުޅަނދަކަށް -/50ރ (ފަންސާސް) ރުފިޔާ ގެ އެލަވަންސެއް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 2023 ޖަނަވަރީ 05 ވާ ބުރާސްފަތި ދުވަހު 12:00ގެ ކުރިން ސިޓީއަކާއެކު ހުށައެޅުއްވުން އެދެމެވެ.

21 ޑިސެންބަރު 2022
ހޯދާ