ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)240-PMD/240/2022/70
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި:
05 ޖަނަވަރީ 2023 12:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އަންހެން އެގުޒަމިނަރުން ހޯދުން
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އަންހެން އެގުޒަމިނަރުން ބޭނުން ވެއްޖެއެވެ.
- ބޭނުންވާ ޢަދަދު:02 ( ދޭއް )
ޝަރުތު:
- ލިޔަންކިޔަން އެނގުން.
- އޭޒޯންގެ ޑްރައިވިންގ ލައިސަންސްAO,A1,B1 ކެޓަގަރީ އޮތް މީހަކު ކަމުގައިވުން.
- މި އިދާރާގެ މުވައްޒަފަކު ކަމުގައި ނުވުން.
- ފާއިތުވި ފަސްއަހަރު ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.( 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް )
- މަދުވެގެން ދެ (ދޭއް) އަހަރު ވެފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޑްރައިވިންގ ލައިސަންސް އޮތުން.
- ޑްރައިވިން ސްކޫލެއްގެ ޙިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން.
އެގުޒަމިނަރުކަން ކުރައްވާ ފަރާތްތަކަށް، ދުއްވާ ކޮންމެ ދެ ފުރޮޅުލީ އުޅަނދަކަށް -/35ރ (ތިރީސް ރުފިޔާ) އަދި ދެފުރޮޅަށްވުރެ އިތުރުވާ ކޮންމެ އުޅަނދަކަށް -/50ރ (ފަންސާސް) ރުފިޔާ ގެ އެލަވަންސެއް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 2023 ޖަނަވަރީ 05 ވާ ބުރާސްފަތި ދުވަހު 12:00ގެ ކުރިން ސިޓީއަކާއެކު ހުށައެޅުއްވުން އެދެމެވެ.
21 ޑިސެންބަރު 2022