މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
1 ވަނަ ޖޫނިއަރ ޗެމްޕިއަންޝިޕް 2023

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 1 ފެބްރުއަރީ 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "1 ވަނަ ޖޫނިއަރ ޗެމްޕިއަންޝިޕް 2023" ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ސްކޫލް/މަދަރުސާ ތަކުން 10 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ބައިވެރިވާ އުމުރުފުރާ އާއި މިމުބާރާތާއި ގުޅިގެން މިއެސޯސިއޭޝަނުން އެ ސްކޫލަކާއެކު މުއާމަލާތް ކުރާނެ އިސް ފާރާތެއްގެ ނަމާއި ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް އެނގޭނޭގޮތަށް ލިޔުމަކުން މިއެސޯސިއޭޝަނަށް އެންގެވުން އެދެމެވެ.

ސްކޫލްތަކުން ބައިވެރިވާކަމުގެ ލިޔުން އީމެއިލްކޮށް ދެއްވާނީ [email protected] އަށެވެ.

 

އުމުރުފުރާތައް:

12 އަހަރުން ދަށް ( އަންހެން / ފިރިހެން ) – 2023 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 13 އަހަރު ނުފުރޭ ކުދިން

14 އަހަރުން ދަށް ( އަންހެން / ފިރިހެން ) - 2023 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 15 އަހަރު ނުފުރޭ ކުދިން

16 އަހަރުން ދަށް ( އަންހެން / ފިރިހެން ) - 2023 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 17 އަހަރު ނުފުރޭ ކުދިން

19 އަހަރުން ދަށް ( އަންހެން / ފިރިހެން ) - 2023 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 20 އަހަރު ނުފުރޭ ކުދިން

 

20 ޑިސެންބަރު 2022
ހޯދާ