ދިވެހިރާއްޖެ
މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 1 ފެބްރުއަރީ 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "1 ވަނަ ޖޫނިއަރ ޗެމްޕިއަންޝިޕް 2023" ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ސްކޫލް/މަދަރުސާ ތަކުން 10 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ބައިވެރިވާ އުމުރުފުރާ އާއި މިމުބާރާތާއި ގުޅިގެން މިއެސޯސިއޭޝަނުން އެ ސްކޫލަކާއެކު މުއާމަލާތް ކުރާނެ އިސް ފާރާތެއްގެ ނަމާއި ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް އެނގޭނޭގޮތަށް ލިޔުމަކުން މިއެސޯސިއޭޝަނަށް އެންގެވުން އެދެމެވެ.
ސްކޫލްތަކުން ބައިވެރިވާކަމުގެ ލިޔުން އީމެއިލްކޮށް ދެއްވާނީ [email protected] އަށެވެ.
އުމުރުފުރާތައް:
12 އަހަރުން ދަށް ( އަންހެން / ފިރިހެން ) – 2023 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 13 އަހަރު ނުފުރޭ ކުދިން
14 އަހަރުން ދަށް ( އަންހެން / ފިރިހެން ) - 2023 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 15 އަހަރު ނުފުރޭ ކުދިން
16 އަހަރުން ދަށް ( އަންހެން / ފިރިހެން ) - 2023 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 17 އަހަރު ނުފުރޭ ކުދިން
19 އަހަރުން ދަށް ( އަންހެން / ފިރިހެން ) - 2023 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 20 އަހަރު ނުފުރޭ ކުދިން