ދިވެހިރާއްޖެ
މި ސެންޓަރުގެ 2015 ވަނައަހަރުގެ ޖަނަވަރީމަހުގައި ބާއްވާ އޭލެވެލް އިމްތިޙާނުގެ އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކުރާނެ އޯލެވެލް ފެންވަރުގެ މީހުން ހޯދަން ބޭނުންވެއެވެ. އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އުޖޫރައެއްގޮތުގައި ދިނުމަށް ހަމަޖެހިފައިިވަނީ އިންވިޖިލޭޓް ކުރައްވާ ކޮންމެ ސެޝަނަކަށް -/150 ރުފިޔާއެވެ. އަދި އިންވިޖިލޭޓަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުޠުތައް ތިރީގައި މިވަނީއެވެ.
- އުމުރުން 18 އަހަރުފުރިފައިވާ މީހަކަށްވުން
- އިންވިޖިލޭޓަރެއްގެ މަސްއޫލިއްޔަތު ރަނގަޅަށް އެނގިފައިވާ މީހަކު ކަމުގައިވުން
- އިންވިޖިލޭޓަރުންގެ އިޤުރާރުގައި ސޮއިކޮށްފައިވާ މީހަކު ކަމުގައިވުން
- އެމީހަކު އިންވިޖިލޭޓުކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން
- އެމީހަކު އިންވިޖިލޭޓުކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓަކަށް ތިރީގައި ބަޔާންކުރާ މީހަކު ނުވުން
- މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑުއެއްބަފާ މީހެއް، އެއްބަނޑު / އެއްބަފާ މީހެއް، ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައިހުންނަ މީހެއް
ވީމާ، މަތީގައިވާ ޝަރުޠުތައް ފުރިހަމަވާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީއާއި (ކޮންމެވެސް އެއް ސެޓުފިކެޓެއް) އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއަކާއެކު 7 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިސެންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދޭ ފޯމު މިސެންޓަރުގެ ކައުންޓަރުންނާއި މިސެންޓަރުގެ ވެބްސައިޓް (www.chse.edu.mv) އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
03 ޞަފަރު 1436