މަސައްކަތް
ނަންބަރު: (IUL)CHSE-SMT/1/2014/40
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 07 ޑިސެންބަރު 2014 12:00
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
އިންވިޖިލޭޓަރުން ހޯދުމާބެހޭ

މި ސެންޓަރުގެ 2015 ވަނައަހަރުގެ ޖަނަވަރީމަހުގައި ބާއްވާ އޭލެވެލް އިމްތިޙާނުގެ އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކުރާނެ އޯލެވެލް ފެންވަރުގެ މީހުން ހޯދަން ބޭނުންވެއެވެ. އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އުޖޫރައެއްގޮތުގައި ދިނުމަށް ހަމަޖެހިފައިިވަނީ އިންވިޖިލޭޓް ކުރައްވާ ކޮންމެ ސެޝަނަކަށް -/150 ރުފިޔާއެވެ. އަދި އިންވިޖިލޭޓަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުޠުތައް ތިރީގައި މިވަނީއެވެ.

  1. އުމުރުން 18 އަހަރުފުރިފައިވާ މީހަކަށްވުން
  2. އިންވިޖިލޭޓަރެއްގެ މަސްއޫލިއްޔަތު ރަނގަޅަށް އެނގިފައިވާ މީހަކު ކަމުގައިވުން
  3. އިންވިޖިލޭޓަރުންގެ އިޤުރާރުގައި ސޮއިކޮށްފައިވާ މީހަކު ކަމުގައިވުން
  4. އެމީހަކު އިންވިޖިލޭޓުކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން
  5. އެމީހަކު އިންވިޖިލޭޓުކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓަކަށް ތިރީގައި ބަޔާންކުރާ މީހަކު ނުވުން
  • މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑުއެއްބަފާ މީހެއް، އެއްބަނޑު / އެއްބަފާ މީހެއް، ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައިހުންނަ މީހެއް

ވީމާ، މަތީގައިވާ ޝަރުޠުތައް ފުރިހަމަވާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީއާއި (ކޮންމެވެސް އެއް ސެޓުފިކެޓެއް) އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއަކާއެކު 7 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިސެންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދޭ ފޯމު މިސެންޓަރުގެ ކައުންޓަރުންނާއި މިސެންޓަރުގެ ވެބްސައިޓް (www.chse.edu.mv) އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

03 ޞަފަރު 1436

25 ނޮވެންބަރު 2014