ދިވެހިރާއްޖެ
އިޢުލާން
ގދ.ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ފާޚާނާ ހިޔާކުރުމަށް އަންދާސީހިސާބު ހޯދުން
ރަތަފަންދޫ ކައުންސިލުގެ އިދާރާގެ ފާޚާނާ މަތީގައި އޮތް ޝީޓް ތަޅާ ނެގުމަށްފަހު ޓިނުން ހިޔާކޮށް ސީލިންގް އަޅައި ފާރުގައިވާ ރެނދުތަށް ބައްދައި، އާ ފާޚާނާ ސެޓް ބަހައްޓައި ފެންވައިރުކޮށް، ކަރަންޓް ވައިރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާއެއްގޮތަށް މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 18 ޑިސެންބަރ 2022 ވާ އާދީއްތަ ދުވަހުގެ ހެދުނު 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 27 ޑިސެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށްދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބާއެކުހުށަހަޅަން ޖެހޭ ލިޔުންތައް
- ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ
- ކޮމްޕެނީ ޕްރޮފައިލް
- އެސްޓިމޭޓް 30 ދުވަހުގެ ވެލިޑިޓީ އަކާއިއެކު
އަގު ހުށަހެޅުން
- އަގުހުށަހަޅަން ޖެހޭނީ ޖުމްލަ އަގު ގެ އިތުރުން ވަކިން އަގުއެގޭގޮތަށެވެ.
- މާކްސް ދެވޭގޮތުގެ ތަފްސީލު:
މާރކްސްދެވޭނެ ކްރައިޓީރިއާ |
މާރކްސެދެވޭގޮތް |
ތަފްޞީލް |
އަގު |
70% |
|
ތަޖުރިބާ |
%20 |
|
މަސައްކަތް ނިންމާ މުއްދަތަށް |
|
މި މަސައްކަތާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 6840016 އަށް ގުޅުއްވާ އަދި [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.