ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)420-AS/420/2022/66
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 10:10
ސުންގަޑި: 27 ޑިސެންބަރު 2022 13:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ފާޚާނާ ހިޔާކުރުމަށް އަންދާސީހިސާބު ހޯދުން

އިޢުލާން

ގދ.ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ފާޚާނާ ހިޔާކުރުމަށް އަންދާސީހިސާބު ހޯދުން

ރަތަފަންދޫ ކައުންސިލުގެ އިދާރާގެ ފާޚާނާ މަތީގައި އޮތް ޝީޓް ތަޅާ ނެގުމަށްފަހު ޓިނުން ހިޔާކޮށް ސީލިންގް އަޅައި  ފާރުގައިވާ ރެނދުތަށް ބައްދައި، އާ ފާޚާނާ ސެޓް ބަހައްޓައި ފެންވައިރުކޮށް، ކަރަންޓް ވައިރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާއެއްގޮތަށް  މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 18 ޑިސެންބަރ  2022 ވާ އާދީއްތަ ދުވަހުގެ ހެދުނު 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 27 ޑިސެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށްދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބާއެކުހުށަހަޅަން ޖެހޭ ލިޔުންތައް

  1. ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ
  2. ކޮމްޕެނީ ޕްރޮފައިލް
  3. އެސްޓިމޭޓް 30 ދުވަހުގެ ވެލިޑިޓީ އަކާއިއެކު

އަގު ހުށަހެޅުން

  1. އަގުހުށަހަޅަން ޖެހޭނީ ޖުމްލަ އަގު ގެ އިތުރުން ވަކިން އަގުއެގޭގޮތަށެވެ.
  2. މާކްސް ދެވޭގޮތުގެ ތަފްސީލު:

މާރކްސްދެވޭނެ ކްރައިޓީރިއާ

މާރކްސެދެވޭގޮތް

ތަފްޞީލް

އަގު

70%

  •         ޚިދުމަތުގެ އަގަށްދެވޭ  މާރކްސް
  • މިމަރކްސްދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކް އެއްކަމުގައި ބަލައިގެން ކަޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

 

ތަޖުރިބާ 

%20

  •       ލިބިފައިވާ ތަޖުރިބާއަށްދެވޭ މާކްސް
  • މިމާކްސް ދެވޭނީ  މިކައުންސިލްގެ  ޓެކްނިކަލް އިވެލުއޭ ޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅައި ފައިވާ ޕްރޮފައިލްގައި  ފާއިތުވެ ދިޔަތަނުގައި ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް އެންމެ ގިނަ ހެކި ހުށަހަޅާފައިވާ ފަރާތަކީ ބެންޗް މާރކު ކަމަށްބަލައިގެން ހުށަހަޅާފައިވާ ޑޮކިޔުމަންޓް ތަކުގެ މެދުގައި ކަޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެގިނަ  ހެކި  ހުށަހަޅާފައިވާ ފަރާތަށެވެ.

މަސައްކަތް ނިންމާ މުއްދަތަށް

  •        މަސައްކަތް ނިންމާ މުއްދަތަށްދެވޭމާކުސް
  • މިމާކްސް ދެވޭނީ މިކައުންސިލްގެ  ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅައި ފައިވާ އެންމެ ކުޑަ މުއްދަތަކީ  ބެންޗްމާކެއްކަމުގައި ބަލައިގެން ހުށަހެޅޭ  ހުރިހާ މުއްދަތެއްގެ މެދުގައި ކަޑައެޅިފައިވާ  % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

           

 މި މަސައްކަތާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 6840016 އަށް ގުޅުއްވާ އަދި [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޑިސެންބަރު 2022