މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
To hire a party for Photography, Videography and Production (Pre-Event) for Visit Maldives Storytellers’ Conference 2023

 

(IUL)MMPRC-PRO/1/2022/78 :ނަންބަރ

 

     މި ކޯޕަރޭޝަނުން  2023  ވަނަ އަހަރު ބޭއްވުމަށް ރާވައިފައިވާ "ސްޓޯރީ ޓެލާސް ކޮންފަރެންސް 2023"  އަށް ތައްޔާރުވުމުގެ ގޮތުން ފޮޓޯ، ވީޑިއޯ ގްރަފީ އަދި ވީޑިއޯ ޕޮރޮޑަކްޝަންގެ މަސައްކަތް ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2022 ނޮވެމްބަރ 24 ގައި ކުރެވުނު އިޢުލާނަށް (ނަންބަރ: (IUL)MMPRC-PRO/1/2022/75) ޝަރުތު ހަމަވާ ފަރާތެއް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިއުލާން ބާޠިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

     ވީމާ، މި މަސައްކަތްތައް  ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން  2022 ޑިސެމްބަރ 13  ވާ  އަންގާރަ ދުވަހުގެ މެންދުރު ފަހު  14:00  އަށް، ހ. ޒޮނޭރިޔާގެ،  4  ވަނަ  ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން  މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،  2022 ޑިސެމްބަރ 15 ވާ ބުރާސްފަތި  ދުވަހުގެ މެންދުރު ފަހު  14:00  އަށް ވަޑައިގެން އަންދާސީ ހިސާބް ހުށައެޅުއްވުން އެދެމެވެ.  މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

  

  14 ޖުމާދުލް އާޙިރް 1444

08 ޑިސެމްބަރ 2022

 

08 ޑިސެންބަރު 2022
ހޯދާ