ދިވެހިރާއްޖެ
(IUL)MMPRC-PRO/1/2022/78 :ނަންބަރ
މި ކޯޕަރޭޝަނުން 2023 ވަނަ އަހަރު ބޭއްވުމަށް ރާވައިފައިވާ "ސްޓޯރީ ޓެލާސް ކޮންފަރެންސް 2023" އަށް ތައްޔާރުވުމުގެ ގޮތުން ފޮޓޯ، ވީޑިއޯ ގްރަފީ އަދި ވީޑިއޯ ޕޮރޮޑަކްޝަންގެ މަސައްކަތް ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2022 ނޮވެމްބަރ 24 ގައި ކުރެވުނު އިޢުލާނަށް (ނަންބަރ: (IUL)MMPRC-PRO/1/2022/75) ޝަރުތު ހަމަވާ ފަރާތެއް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިއުލާން ބާޠިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 ޑިސެމްބަރ 13 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:00 އަށް، ހ. ޒޮނޭރިޔާގެ، 4 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 ޑިސެމްބަރ 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00 އަށް ވަޑައިގެން އަންދާސީ ހިސާބް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
14 ޖުމާދުލް އާޙިރް 1444
08 ޑިސެމްބަރ 2022